Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2023 | ހުކުރު 17:11
ރައީސް ޞާލިޙާއި ގާސިމް އިބްރާހީމް ބައްދަލުކުރެއްވުން
ރައީސް ޞާލިޙާއި ގާސިމް އިބްރާހީމް ބައްދަލުކުރެއްވުން
ޖުމްހޫރީ ޕާޓީ
ކޯލިޝަންގެ މަޝްވަރާތައް
ޖޭޕީގެ ތާއީދު ހޯދެއްވުމަށް ރައީސް ސަން އައިލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް
ރައީސް ރިސޯޓުގައި ދެ ދުވަހު ހުންނެވި

ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތާއީދު ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގާސިމް އިބްރާހީމްގެ އަރިހަށް ސަން އައިލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި މާލެ ވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވަން ސަންއައިލެންޑަށް ވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެމަނިކުފާނު ހުކުރު ދުވަހު މާލެ ވަޑައިގެންނެވީ ރިސޯޓުގައި ދެ ދުވަހު ހުންނެވުމަށްފަހުގައެވެ.

ރައީސް މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޤާސިމެވެ. ރައީސް ޞާލިހު ޤާސިމާއި ބައްދަލު ކުރެއްވިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ސަން އައިލެންޑުގައި ޤާސިމާއި ބައްދަލުކުރައްވާފައެވެ.

Advertisement

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީން ވާދަކުރީ ވަކިންނެވެ. އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް އިންތިޚާބުގައި ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ 2.4 އިންސައްތައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ޞާލިހެވެ.

30 ސެޕްޓެމްބަރުގައި އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވާއިރު، ދެ ޕާޓީން ވެސް ގެންދަނީ އެކި ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާކުރަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް