Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 11:19
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
ރާއްޖެއެމްވީ
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓް: މާލެ ގެނެސް ފަރުވާދެމުންދަނިކޮށް އެ މީހާ މަރުވެއްޖެ
މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލަކުގެ ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބަންޕަރަކަށް އަރާ ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 22:55 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

Advertisement

މި ހާދިސާގައި ސައިކަލް ދުއްވަން އިން އެ މީހާއަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އޭނާ މިއަދު މަރުވެފައިވާ ކަމަށް އޭޑީކޭ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް