ކ. މާލެ
|
11 ސެޕްޓެންބަރ 2023 | ހޯމަ 12:35
އިންޑިއާގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު ރާހުލް ގާންދީ
އިންޑިއާގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު ރާހުލް ގާންދީ
ރޮއިޓަރސް
ޖީ20 ސަމިޓު
އިންޑިއާގެ ނަން ބަދަލުކުރަައްވަން އުޅުއްވާކަމަށް ވިދާޅުވެ، އިދިކޮޅު ލީޑަރުގެ ފާޑުކިޔުންތައް މޯދީއަށް
ޖީ20 ސަމިޓްގެ ނަން ބޯޑުގައި އިންޑިއާގެ ބަދަލުގައި މޯދީ ބޭނުންކުރައްވާފައިވަނީ "ބާރަތު"
ނަރެންދުރަ މޯދީގެ ވިސްނުންފުޅު ހުންނެވީ، އިންޑިއާގެ ނަން 'ބާރަތު' އަށް ބަދަލުކުރެއްވުމަށްކަމަށް ވިދާޅުވި

އިންޑިއާގެ ނަން ބަދަލުކުރަައްވަން އުޅުއްވާކަމަށް ވިދާޅުވެ، އެ ޤައުުމުގެ އިދިކޮޅު ލީޑަރުގެ ފާޑުކިޔުންތައް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އަމާޒުވެއްޖެއެވެ.

އިންޑިއާގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު ރާހުލް ގާންދީ އަލްޖަޒީރާއާއި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވިސްނުންފުޅު ހުންނެވީ، އިންޑިއާގެ ނަން 'ބާރަތް' އަށް ބަދަލުކުރެއްވުމަށްކަމަށެވެ.

ރާހުލް އެހެން ވިދާޅުވެފައިވާއިރު، ހޮނިހިރު ދުވަހު ފެށުނު ޖީ20 ސަމިޓްގެ ނަން ބޯޑުގައި އިންޑިއާގެ ބަދަލުގައި މޯދީ ބޭނުންކުރައްވާފައިވަނީ ބާރަތްއެވެ.

ދުނިޔޭގެ މަސްރަހުގައި މިހާރު އޮތް އެންމެ ބޮޑެތި މައްސަލަތަކާ ގުޅޭ ގިނަ ސުވާލުތަކަކާ އެކު ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ހިމެނޭ ގްރޫޕް އޮފް ޓުވެންޓީ (ޖީ20)ގެ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް