Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 08:26
ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ވޯޓުލައްވަނީ
ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ވޯޓުލައްވަނީ
ޕީއެސްއެމް
ރިޔާސީ އިންތިޚާބު 2023
ދެވަނަ ބުރުގައި ނުކުމެ އިންތިޚާބު ކާމިޔާބުކުރެވޭނެ: ޑރ. މުހައްމަދު މުއިއްޒު
ދެން އޮތީ އިތުރު ހިތްވަރަކާއެކު ދެވަނަ ބުރުގެ ކާމިޔާބީއަށް މަސައްކަތް ފެށުން

ދެވަނަ ބުރުގައި ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ މުއިއްޒު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު މިއީ އުފާކުރާ ދުވަހެއް ކަމަށެވެ. ދެން އޮތީ އިތުރު ހިތްވަރަކާއެކު ދެވަނަ ބުރުގެ ކާމިޔާބީއަށް މަސައްކަތް ފެށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ކެމްޕެއިން ކުރުމަށް ލިބުނު މުއްދަތާ ބަލައި ލިބުނު ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އެކިއެކި ނުފޫޒުތަކާ އެކި ފިއްތުންތަކުގެ ކުރިމަތީގައި ޤައުމީ ރޫހުގައި ރައްޔިތުން ނިކުމެ ދެއްކީ ވަރަށް ވަރުގަދަ މިސާލެއް ކަމަށާއި އޭގެން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

Advertisement

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެހެން ޕާޓީއަކާއެކު ޕީއެންސީއިން ކޯލިޝަން ހަދާނެތޯ ނޫސްވެރިޔަކު ދެންނެވި ސުވާލަށް މުއިއްޒު ވިދާޅުވީ ލީޑަރޝިޕްގައި ކޯލިޝަންގެ ތެރޭގައި އެކަމާމެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ގޮތެއް ނިންމަވާނީ އެއަށްފަހު ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެއްގައި ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި ފުރަތަމަ ކެންޑިޑޭޓަކަށް މުއިއްޒު ވަނީ ވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް