ކ. މާލެ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 21:49
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ކޯޓުން ވަގަށް އަނބު ބިން މީހާ
ކޯޓުން ވަގަށް އަނބު ބިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި

ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ހުންނަ އަނބު ގަހުން ވަގަށް އަނބު ބިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ސުޕްރީމް ކޯޓުގައި ހުންނަ އަނބުގަހުން ހުކުރު ދުވަހުގެ ރޭ ދަންވަރު 12:00 ހާއިރު އަނބު ބިންނަނިކޮށް ފުލުހުން އެމީހާ ހައްޔަރުކުރިއެވެ.

ސުޕްރީމް ކޯޓަކީ ސިފައިން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް