ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 09:25
ރައީސް ސާލިހު ފ. ނިލަންދޫއަށް ވަޑައިގަތުން
ރައީސް ސާލިހު ފ. ނިލަންދޫއަށް ވަޑައިގަތުން
ރާއްޖެއެމްވީ
ރައީސް ފ. ނިލަންދޫއަށް ވަޑައިގަތުން
ރައީސް ފ. ނިލަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ވަރަށް ގިނަ އަދަދެއްގެ އާންމުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، ޖޯޝާއި ފޯރީގައި މަރުހަބާ ކިޔާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފ. ނިލަންދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ވަރަށް ގިނަ އަދަދެއްގެ އާންމުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، ޖޯޝާއި ފޯރީގައި މަރުހަބާ ކިޔާފައެވެ.

Advertisement

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އެ ރަށުގެ ބައެއް ރައްޔިތުން ބުނީ ރައީސް ސާލިހަކީ ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވި ހިކުމަތްތެރި ވެރިއެއް ކަމަށެވެ. އަދި ރައީސް ސާލިހަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ރައީސަށް މަރުހަބާ ކިޔަން އެއްވި ބައެއް މީހުން ވަނީ ބުނެފައެވެ.

ރައީސް ފ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ފ. ބިލެތްދޫއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް