ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 19:18
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އަނބިކަނބަލުން ޖިލް ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އަނބިކަނބަލުން ޖިލް ބައިޑަން
ރޮއިޓާސް
ޖިލް ބައިޑަން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވުން
އެމެރިކާގެ ރައީސްގެ އަނބިކަނބަލުން އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިކަމާއެކު، ބައިޑަން ގައުމުން ބޭރަށް ކުރައްވަން ރާއްވަވާފައިވާ ދަތުރުފުޅުތަކަށް ބުރޫއަރާނެކަން ނުވަތަ ނޫންކަން ހާމަކޮށްފައެއްނުވޭ
އަނބިކަނބަލުން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވީނަމަވެސް، ޖޯ ބައިޑަން ކޮވިޑަށް ޕޮޒިޓިވް ނުވާކަމަށް ވައިޓް ހައުސްއިން ބުނޭ
އުމުރުފުޅުން 72 އަހަރުގެ ޖިލް ބައިޑަން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް ކޮވިޑަށް ޕޮޒިޓިވްވެފައި

އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ޖިލް ބައިޑަން އަނެއްކާވެސް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ޖިލް ބައިޑަން އަލުން ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ، ޖޯ ބައިޑަން، ޖީ20 ސަމިޓަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށެވެ.

އުމުރުފުޅުން 72 އަހަރުގެ ޖިލް ބައިޑަން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އަނބިކަނބަލުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވީ ނަމަވެސް، ޖޯ ބައިޑަން ކޮވިޑަށް ޕޮޒިޓިވް ނުވާކަމަށް ވައިޓް ހައުސްއިން ބުނެއެވެ. އެމަނިކުފާނުވެސް ކޮވިޑް ޓެސްޓު ހައްދަވާފައި ވާކަމަށާއި، އެމަނިކުފާނުގެ ޓެސްޓުގެ ރިޒަލްޓް ނެގަޓިވްކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. އަދި މިހަފުތާ ތެރޭގައި ކޮންމެ ދުވަހަކު އެއްފަހަރު ރައީސް ކޮވިޑަށް ޓެސްޓުކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

އުމުރުފުޅުން 80 އަހަރުގެ ޖޯ ބައިޑަން އެންމެ ފަހުން، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

މިކަމާއެކު، ބައިޑަން ގައުމުން ބޭރަށް ކުރައްވަން ރާއްވަވާފައިވާ ދަތުރުފުޅުތަކަށް ބުރޫއަރާނެކަން ނުވަތަ ނޫންކަން ހާމަކޮށްފައެއް ނުވެއެވެ.

ޖީ20 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މި ހަފުތާގެ ބުރާސްފަތި ދުވަހު، ބައިޑަން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވެއެވެ. އަދި އާދިއްތަ ދުވަހު، ހަނޯއީއަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް