ކ. މާލެ
|
4 ސެޕްޓެންބަރ 2023 | ހޯމަ 12:31
އާދިއްތަ ދުވަހުގެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތް
އާދިއްތަ ދުވަހުގެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތް
އެމްއެންޑީއެފް
"ސިފްކޯހިޔާ" ފްލެޓް
ސިފްކޯހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމައި، ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ފުލެޓްތައް ދައްކާލައިފި
މިއީ ސިފައިންގެ އެތައް ޢާއިލާތަކެއްގެ އުންމީދުތަކާ ގުޅިފައި އޮތް މަޝްރޫޢުއެއް
މަޝްރޫޢުގެ މަސައްކަތްތައް އެކިއެކި ކޮންޓެކްޓަރުންނާ ހަވާލު ކުރެވި، މަސައްކަތް ނުނިމި ދިގު ދެމިގެން ދިޔަ

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ގޮތުން މީގެ 10 އަހަރުކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫޢު ނިންމައި، އެތަން ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދައްކާލައިފިއެވެ.

Advertisement

މިކަމަށްޓަކައި އާދިއްތަ ދުވަހުގެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތުގައި، އެތަން ބަލާލަން ދިޔަ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް މަރުހަބާ ދެންނެވީ ދިފާޢީ ވަޒީރު، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

އާދިއްތަ ދުވަހުގެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓް ސަރަހައްދުގައި އޮތް ހަރަކާތް - އެމްއެންޑީއެފް

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބިންގާއެޅުނު "ސިފްކޯ ހިޔާ" ގެ މަޝްރޫޢުއަކީ، ސިފައިންގެ ޢާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފެށި، ސިފައިންގެ އެތައް ޢާއިލާތަކެއްގެ އުންމީދުތަކާ ގުޅިފައި އޮތް ހުވަފެނީ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް އެކިއެކި ކޮންޓެކްޓަރުންނާ ހަވާލު ކުރެވި، މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫޢު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައި މިވަނީ، ސަރުކާރުން މި މަޝްރޫޢު އަވަސްކަމާއެކު ނިންމުމަށް ދެއްވި އިސްކަމާއި ދިފާޢީ ވަޒީރާއި ސިފައިންގެ އިސް ލީޑަރޝިޕުން، އަވަސް މިނެއްގައި ތަނުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބާރު އަޅުއްވައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް