ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 13:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އެޅުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އެޅުން
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި މީހާ ބުނީ އޭނާއަކީ "ސްކިޒޮފްރޭނިއާގެ" ބަލި މީހެއްކަމަށް
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ ޗިޗަންޑާގޭ އިނާޝް އަބްދުﷲ
މި މައްސަލައާ ގުޅިގެން 5 މީހަކަށް ދައުލަތުން ވަނީ ދައުވާވެސް ކޮށްފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ ޗިޗަންޑާގޭ އިނާޝް އަބްދުﷲއެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ފުލުހުން މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް، ރައީސްގެ މޮޓޯކޭޑަށް އޭނާ ހުރަސްއެޅި ކަމަށާއި، އޭނާ ހުއްޓުވިއިރު ހުރީ މަސްތުގެ ހާލަތުގައިކަމަށް، މައްސަލައިގެ ހާދިސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 16 ސެޕްޓެމްބަރު 2023ގައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ވަނީ ރައީސްގެ މޮޓޯކޭޭޑަށް އޭނާ ހުރަސްއެޅިކަމަށް އެއްބަސްވެފައެވެ.

Advertisement

އޭނާ ބުނެފައިވަނީ އޭނާއަކީ ސްކިޒޮފްރޭނިއާ (ނަފްސާނީ ބައްޔެއް)ގެ ބަލިމީހެއް ކަމަށާއި، އޭނާއަކީ ޖެންޑަރ މިނިސްޓްރީގައިވެސް ރަޖިސްޓްރީވެފައިވާ، އަދި ބަލަހައްޓަމުންގެންދާ މީހެއް ކަމަށެވެ.

މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައިވެސް މަސްތުވާތަކެތީގެ 2 މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ވެއެވެ.  

20 މާރިޗު 2023ގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު، ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް، އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 5 މީހަކަށް ދައުލަތުން ވަނީ ދައުވާވެސް ކޮށްފައެވެ.

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ އެމްއެންޑީއެފުންވެސް ވަނީ ބަލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް