Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 19:35
ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަންވަނީ ފަށާފައި
ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންގެ އޮޕަރޭޝަންވަނީ ފަށާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު
ވޯޓުލާދުވަހު ފުލުހުން ހަރަކާތް ތެރިވާނީ ބޮޑީވޯން ކެމެރާ އާއެކު
މާލޭގެ ހުރިހާ މަރުކަޒެއްގައި ކެމެރާ ބޭނުން ކުރާނެ
ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުލުހުން ވަނީ ފޮނުވާފައި

ރިޔާސީ އިންތިހާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވާނީ ބޮޑީވޯން ކެމެރާއެކުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުން ފަށާފައިވާ އޮޕަރޭޝަން ބްލޫ ވޭވްގެ މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ދެއްވަމުން ރިޔާސީ އިންތިހާބު 2023 ގެ އިލެކްޝަންގެ ޑެޕިއުޓީ ކޮމާންޑަރު ސްޕުރިންޓެންޑެންޓް އަހުމަދު މުސްލިމް ވިދާޅުވީ އޮޕަރޭޝަން ކުރިއަށްދާއިރުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިސަރުން ހަރަކާތްތެރިވާ އިރުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ. އަދި މި ވާހަކަ އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވާނެ ކަމަށާއި، ބޮޑީވޯން ކެމެރޭ ބޭނުންކުރާ އިރު ބޭނުންކުރާނީ އިލެކްޝަންސް ކޮމިޝަނާއި، ފުލުހުންގެ ގާނޫނާއި، ފުލުހުންގެ ގަވާއިދުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ޕެރެމީޓާތަކާއި މިންގަނޑުގެ ތެރެއިން ކަމަށެވެ.

Advertisement

ރިޔާސީ އިންތިހާބު 2023 ގެ އިލެކްޝަންގެ ކޮމާންޑަރ ޗީފް ސްޕުރިންޓެންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ ޓްރެއިނިންގއާއި ގުޅުންހުރި ކަންކަން ނިންމާ ރީޖަންތަކަށް ފޮނުވަންޖެހޭ ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އަދި މި އިލެކްޝަންސްގައި ބޮޑީވޯން ކެމެރާ، ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރާނެ ކަމަށާއި، އިލެކްޝަންސްގެ ބޭނުމަށް މޮޑިއުލްއެއް ހަދާފައިވާ ކަމަށެވެ.

ޕްރީއިލެކްޝަންސް ފެސްގައި ވެސް މި މޮޑިއުލް ދަނީ ބޭނުންކުރަމުން. މި މޮޑިއުލްގެ ބޭނުމަކީ އިލެކްޝަންސްގެ ޕްރޮސެސްގެ ތެރޭގައި ކުރެވޭ ހުރިހާ ކަމެއް ޑޮކިއުމެންޓް ކުރެވި ލޮގްކުރެވި، އެ ޕްރޮސެސްގެ ތެރެއިން ލިބޭ މައުލޫމާތުގެ އަލީގައި ގޮތް ނިންމިގެން ދިއުން. މި އިލެކްޝަންސް މޮޑިއުލްއަކީ އިންތިހާބު އޮންނަ ދުވަހު ނިންމާ ނިންމުންތަކުގައި އޭގެ މައްޗަށް ބިނާކުރެވިގެންދާނެ މޮޑިއުލްއެއް.
ޗީފް ސްޕުރިންޓެންޑެންޓް އަހުމަދު ޝާކިރު

ޝާކިރު ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނަ ދުވަހު ހުރިހާ ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ފުލުހުންނާއި، އެކިއެކި ޓީމްތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ދެވިފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭހެ ހުރިހާ މަރުކަޒެއްގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށާއި، އައްޑޫ ސިޓީ އަދި ހުވަދު އަތޮޅާއި އެހެނިހެން ބައެއް ހިސާބުތަކުގައި ވެސް ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް ދިމާވާ ގޮންޖެހުމަކީ އިންޓަރނެޓްގެ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް