ކ. މާލެ
|
1 ސެޕްޓެންބަރ 2023 | ހުކުރު 13:05
މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަށް ޚުތުބާގައި ވަނީ ބާރު އަޅާފައި
މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަށް ޚުތުބާގައި ވަނީ ބާރު އަޅާފައި
ޕިންޓްރެސްޓް
ޚުތުބާ
މައިންބަފައިންގެ ރުހުމަކީ، ދަރިންނަށް ދުނިޔެ އާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ އަގު ބޮޑު އެއްޗެއް: ޚުތުބާ
ޝަރުއީ ނައްސުތަކުގައި މައިންބަފައިންނަށް ކިޔަމަންގަތުމަށް އަމުރުކުރައްވައި، އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައިވޭ
މައިންބަފައިން މުސްކުޅިވެ އެ ދެމީހުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނު މީހާ ޝުކުރުވެރިވާން ޖެހޭނެ
މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ، ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް

މައިންބަފައިންގެ ރުހުމަކީ، ދަރިންނަށް ދުނިޔެއާއި ދުނިޔޭގައި ވާހާއެއްޗަކަށްވުރެން އަގު ބޮޑު އެއްޗެއްކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މައިންބަފައިންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކެއް" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲ އަށާއި، ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް އަދާކުރަން ޖެހޭ ހައްގުތަކަށް ފަހު، ދެން މުސްލިމުންގެ މައްޗަށް އެންމެ އިސް ހައްގަކީ، މައިންބަފައިންނަށް އަދާކުރަންޖެހޭ ހައްގުތައްކަމަށެވެ. ކީރިތި ޤުރުއާނާއި، ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَގެ ސުންނަތުގައި ވެސް އެކަމަށް ބާރުއަޅުއްވާފައިވާއިރު، ޝަރުއީ ނައްސުތަކުގައި މައިންބަފައިންނަށް ކިޔަމަންގަތުމަށް އަމުރުކުރައްވައި، އެބައިމީހުންނަށް އުރެދުމުގެ ނުބައިކަން ބަޔާންކުރައްވާފައި ވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެއް ކަން ފާހަގަކޮށް ޚުތުބާގައި ބުނީ މައިންބަފައިން މުސްކުޅިވެ އެ ދެމީހުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނު މީހާ، އޭނާ އަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުއްވައިދެއްވީތީ، އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުވެރިވާންޖެހޭނެ ކަމަށެވެ. އަދި މައިންބަފައިންނަށް އަޅާލުމާއި ކަމޭހިތުމަކީ، އެކަމުގެ ޖަދަލުކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، މައިންބަފައިން ހިތުގައި ޖެހުނަ ދީގެން ނުވާނެކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ، ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެއް ކަމަށާއި، މައިންބަފައިންގެ ހައްގުތަކަށް ރައްކާތެރި ނުވުމަކީ، ސުވަރުގޭގެ އެ މަތިވެރި ނިޢުމަތުން މަހްރޫމް ވެގެންދާނެކަމެއް ކަމަށްވެސް ޚުތުބާގައ ބުނެފައިވެއެވެ.

މުސްލިމް އަޚުންނޭވެ! މުސްކުޅިވެފައިވާ މައިންބަފައިންނަށް ޚިދުމަތްކުރާނެ ފުރުސަތު ލިބުނު މީހާ، އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރި ވާށެވެ! އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުއްވައި ދެއްވީތީއެވެ. މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެކެވެ.
ޚުތުބާ

މީގެ އިތުރުން ޚުތުބާގައި ބުނީ، މުސްކުޅި މައިންބަފައިންނާއިއެކު އެއް ގެއެއްގައި އުޅުމަކީ، ދަރިންނަށް މިއަދު ހުތުރު ކަމަކަށް ވެފައިވާކަމަށާއި، މުސްކުޅި މައިންބަފައިން ނުކުޅެދޭ މީހުންނަށް ހާއްސަ ހިޔާވަހިތަކުގައި ބައިތިއްބަން ދަރިން ބޭނުންވާކަމަށެވެ. މިއީ ބައެއްގެ ފާސިދު ސަގާފަތުގައި ޖެހި، އާޝޯހުވެ، އާވާރާވެ ތިބެ ދަރިން ކުރާކަމެއްކަންވެސް ޚުތުބާގައި ފާހަގަކުރިއެވެ. އަދި މިކަމަށް އޮތް ހައްލަކީ އިސްލާމީ ތަރުބިއްޔަތާއި، އިސްލާމީ ރިވެތި އަހްލާގާއި، އިސްލާމީ އަދަބާއި ސުލޫކު ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް