Advertisement
ކ. މާލެ
|
27 އޯގަސްޓް 2023 | އާދީއްތަ 12:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތ. ދިޔަމިގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ސަލާމްކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތ. ދިޔަމިގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ސަލާމްކުރައްވަނީ
އެމްޑީޕީ
ދިޔަމިގިލީގެ ތަރައްޤީ
ދިޔަމިގިއްޔާ މަޑިފުށި ކޯސްވޭއަކުން ގުޅާލާ ބިން ހިއްކަވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ސްކޫލް މަލްޓިޕަރޕަސް ހޯލުގެ ވައުދުވެވަޑައިގެންނެވި

ދިޔަމިގިއްޔާ މަޑިފުށި ކޯސްވޭއަކުން ގުޅާލާ ބިން ހިއްކަވާނެކަމުގެ ވައުދު ރައީސް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާއަށް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ދިޔަމިގިއްޔަށް ވަޑައިގެން ބޭއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ދިޔަމިގިއްޔަށް ވަޑައިގެންނެވުމުން، ރަށުގެ ރައްޔިތުންގެ ހުށަހެޅުމާއެކު ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ކަމަށެެވެ. އެ ވައުދުތައް ފުއްދެމުން ކަމަށާއި، މި ދައުރުގައި އެ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ބޭއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ގިރާ ސަރަހައްދު ހިމާޔަތްކުރުން ކަމަށެވެ. އެ މަސައްކަތް ދާދި އަވަހަށް ފަށާ ރިވެޓްމަންޓް ޖަހާނެ ކަމަށެވެ. މީގެ އިތުރުން ދިޔަމިގިލީގެ ބިން ހިއްކާ ނިމޭއިރު މެދުފުށި ގުޅާލައްވާނެ ކަމަށާއި، މަޑިފުށި ކޯސްވޭއަކުން ގުޅާލައްވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަން ފުލެޓް ނުވަތަ ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށާއި، މަގުތައް ޒަމާނީ ފެންވަރަށް ހަދާ ތާރު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއެކު މަލްޓިޕަރޕަސް ހޯލެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަރުމަހުގެ މަސްވެރިކަން ކުރާ ދިޔަމިގިލިން އައިސް ލިބޭނެ ގޮތަށް 10 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެވޭނީ އަސާސީ ޚިދުމަތް ފޯރުކޮށްދީގެން ކަމަށެވެ. އެއަށްފަހުގައި ރަނގަޅު ދިރިއުޅުމެއް ބިނާކުރަން ފެށޭނެ ކަމަށާއި، ކޮންމެ ދުވަހަކު ހޭލާ ވިސްނަންވެއްޖެނަމަ އެހެން ކަމެއް ކުރަން ވިސްނަން ވަގުތެއް ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަސާސީ ޚިދުމަތްތައް ޤާއިމުކުރެވިގެން ދިއުމުން މީހުން ދިރިއުޅެވޭ ހިސާބަށް ދެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި އަސާސީ ހިދުމަތް އޮންނާނީ ގާއިމްކޮށް ނިމިފައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް