Advertisement
ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 13:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
އެމްޑީޕީ
ރައީސް ސާލިޙު ރ.އަތޮޅަށް
އިންނަމާދޫއަކީ ރާއްޖޭގެ އިޤްތިސާދުގައި މުހިއްމު ދައުރެއް އަދާކުރާނެ ރަށެއް: ރައީސް
ވައުދުފުޅުތަކުގެ 90 އިންސައްތަ މިހާރު ފުއްދަވައިދެވި، އޭގެ ތެރެއިން ބައެއް ކަންކަން ހުރީ ނިމުމުގެ މަރުޙަލާގައި
ބޭނުން ޖެހިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ސަރުކާރު ބަދަލުވިޔަސް ކުރަންވާނެކަމަށް ރައީސް ވިދާޅުވި

ރ އަތޮޅު އިންނަމާދޫއަކީ ރާއްޖޭގެ އިޤްތިސާދުގައި މުހިއްމު ދައުރެއް އަދާކުރާނެ ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރ އިންނަމާދޫގައި ބޭއްވެވި ބަނދަރު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުފާވެރި އަމާން ރާއްޖެ ކެމްޕޭނަކީ ރައްޔިތުންގެ ޙާލަތު ރަނގަޅުކޮށް، ހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުން އަޅާނުލައި ދޫކޮށްލާފައިވާ ގިނަ ރަށްރަށުގައި ރައްޔިތުންނަށް ބޭނުން ޖެހިފައި ހުރި އަސާސީ ކަންކަން މި ސަރުކާރުން ކޮށްދެމުންދާކަމަށެވެ. އެ މަސައްކަތުގައި ކާމިޔާބީތަކެއްވެސް ޙާސިލު ކުރެވިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ 90 އިންސައްތަ މިހާރު ފުއްދަވައިދެވި، އޭގެ ތެރެއިން ބައެއް ކަންކަން ނިމުމުގެ މަރުޙަލާގައިވާކަމަށެވެ.

އޭގެ އިތުރުން، ސަރުކާރު ވެރިކަމަށް އައިއިރު ނިމިދިޔަ ސަރުކާރުން ފަށާފައިވާ ރައްޔިތުންނަށް ބޭނުންތެރި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، އެކަން އޮންނަންވާނީވެސް އެހެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދޭން ފަށައި، ބޭނުން ޖެހިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ސަރުކާރު ބަދަލުވިޔަސް އަޅުގަނޑުމެން ކުރަންވާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ރަށްރަށުގައި މަޝްރޫއުތައް ފަށާފައިހުރީ މާ ބޮޑު ޕްލޭނެއް ނެތި ކަމަށެވެ. އިންނަމާދޫގެ ނަރުދަމާގެ ނިޒާމަކީ އޭގެ އެއް މިސާލުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އެރަށަށް ކޮށްދެއްވާނެ އިތުރު ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

އިންނަމާދޫއަކީވެސް ރާއްޖޭގެ އިޤްތިސާދުގައި މުހިއްމު ދައުރެއް އަދާކުރާނެ ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް