ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 14:26
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރ. ރަސްމާދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރ. ރަސްމާދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރަސްމާދޫގެ ތަރައްގީ
ރައީސްގެ ވައުދުފުޅު ރަސްމާދޫއަށް: ބޮޑެތި މަގުތައް ތަރައްގީކޮށް ބޯހިޔާވަހިކަން
ސްކޫލްގެ މަލްޓިޕަރޕަސް ހޯލާއި ކައުންސިލް އިމާރާތް އަންނަ ދައުރުގައި
ރަށުގެ ޒުވާނުން ހަދަން ފެށި ޒުވާނުންގެ މަރުކަޒު ނިންމާނަން

އަންނަ ދައުރުގައި ރ. ރަސްމާދޫގެ ބޮޑެތި މަގުތައް ތަރައްގީކޮށް ބޯހިޔާވަހިކަމާއި އިތުރު ވައުދުފުޅުތަކެއް ރައީސް ވެވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާއަށް ރ. ރަސްމާދޫއަށް ވަޑައިގެން ބެއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ކެމްޕޭނަށް ރަސްމާދޫއަށް ވަޑައިގެންނެވި އިރު އެތައް އެތައް މައްސަލަތަކެއް އެރަށުން ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން އަސާސީ ހިދުމަތްތަކާއި، ރަށްގިރުމުގެ މައްސަލަ ފަދަ މައްސަލަތައް ފެނިގެން ދިޔަ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ މައްސަލަތައް ހައްލު ކުރަން ފެށުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ގިނަ ކަންބޮޑުވުންތަކަށް ވަނީ ހައްލު ހޯދައިދީފައި ކަމަށެވެ. ރައީސް ވިދާޅުވީ އެއިރު ރަސްމާދު ރައްޔިތުންގެ ވިސްނުން ހުރި ގޮތް ވަރަށް ސާފު ކަމަށެވެ. ރަށަށް ވީ ވައުދު ތަންފީޒުވާތަން ފެނުމުން ރައްޔިތުންގެ ވިސްނުން ބަދަލުވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންގެ އުއްމީދުތައް ވަރަށް ބޮޑު ކަމަށާއި، އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށެވެ. ޒުވާނުންނަށް ބޭނުންވަނީ ކުޅިވަރުކުޅެވެނެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއެކު އެއްތަނަކަށް އެއްވެ މަޖާކޮށް ކުޅިވަރުކުޅެވޭނެ ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީ ފުޓްސަލްދަނޑަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި ކަމަށާއި، ރަށުގެ ޒުވާނުން ފަށާފައިވާ މަރުކަޒު ސަރުކާރުން ނިންމައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން ރަސްމާދޫއަކީ ލޯކަލް ޓުއަރިޒަމް ފައްކާކުރާނެ އެއްތަން ކަމަށާއި، އެކަމަށް އެހީތެރިވެދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާދޫގެ ތަރައްގީއަށް ކުރަން ނިންމާފައިވާ ކަންކަން:

- ރަށުގެ ބޮޑު މަގުތައް ޒަމާނީ ފެންވަރަކަށް ހަދާ ތާރުއެޅުން

- ސްކޫލަށް ބޭނުންވެފައިވާ މަލްޓި ޕަރޕަސް ހޯލު

- ކައުންސިލް އައު އިމާރާތް

- ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުން

- އައުޓްޑޯ ޖިމް

- ފުލެޓް ނުވަތަ ރޯ ހައުސް

ރައީސް ވިދާޅުވީ މިއީ މިވަގުތަށް ކުރަން ނިންމާފައިވާ ކަންކަން ކަމަށެވެ. ރަސްމާދޫ ރައްޔިތުން އިތުރަށް ބޭނުންވަނީ ކޮން ކަންތަކެއްތޯ ދެނެގަނެ ހުށަހަޅަންވީ ކަމަށާއި، އިތުރަށް ބޭނުންވާ ކަންތައްތަކަށް އެޓެންޑްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިސްނަވާފައި މިފަހަރުުގެ އިންތިހާބުގައި ގޮތެއް ނިންމެވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް