Advertisement
ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 12:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރ. އިނގުރައިދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރ. އިނގުރައިދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އިނގުރައިދޫގެ ތަރައްޤީ
ރައީސްގެ ވައުދުފުޅު އިނގުރައިދޫއަށް - ބިން ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން
ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކުރާއިރު އައު ބަނދަރެއް ހެދުން
ބިން ހިއްކާ ދޯނި އެހެލާނެ ސަރަހައްދެއް ގާއިމުކުރުން

ކުރިއަށް އޮތް ދައުރުގައި ރ. އިނގުރައިދޫގެ ބިން ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. އިނގުރައިދޫއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުފާވެރި އަމާންރާއްޖެއަށް ހޯދުމަށް ދަތުރުކުރާއިރު، ގިނަ ކަންކަން ފުރިހަމަވަމުންދާ ކަމަށެވެ. ޕްލޭނަކާއެކު މަސައްކަތް ކުރެވި ރައްޔިތުންނަަށް ލުއިފަސޭހަކޮށްދެއްވިއްޖެ ކަމަށާއި، ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، އެ ކަންކަމާއި މެދު ވިސްނާލެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

އިނގުރައިދޫއަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް:

- ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ހައުސިންގ ޔުނިޓް އެޅުން

- ބަނދަރުގެ ނެރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރާއިރު، އައު ބަނދަރެއް ހެދުން

Advertisement

- ބިން ހިއްކާ ދޯނި އެހެލާ ސަރަހައްދެއް ކަނޑައެޅުން

- ކައުންސިލްގެ އައު އިދާރާގެ އޮފީސް

- ހޭންޑްބޯލް ކޯޓް

ރައީސް ވިދާޅުވީ މިއީ މިވަގުތަށް ކުރަން ނިންމާފައިވާ ކަންކަން ކަމަށެވެ. އިނގުރައިދޫ ރައްޔިތުން އިތުރަށް ބޭނުންވަނީ ކޮން ކަންތަކެއްތޯ ދެނެގަނެ ހުށަހަޅަންވީ ކަމަށާއި، އިތުރަށް ބޭނުންވާ ކަންތައްތަކަށް އެޓެންޑްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ ދައުރަށް، އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ހޯދުމަށް ކުރަން ނިންމާފައިވާ ކަންތައްތައް އެބަހުރި ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް