ކ. މާލެ
|
24 އޯގަސްޓް 2023 | ބުރާސްފަތި 07:16
ފުލުހުން ހުވާކުރުން
ފުލުހުން ހުވާކުރުން
ޕޮލިސް
ފުލުހުންގެ ޚިދުމަތާއި އަލަށްގުޅުނު ފުލުހުން
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
މި ރަސްމިއްޔާތުގައި 100 ފުލުހުން ހުވާކޮށް, ހުވާގެ އިގުރާރުގައިވަނީ ސޮއިކޮށްފައި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު އިބްރާހީމް އިހްސާންއެވެ.

މި ރަސްމިއްޔާތުގައި 100 ފުލުހުން ހުވާކޮށް, ހުވާގެ އިގުރާރުގައިވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 53 ފިރިހެން ފުލުހުންނާއި 47 އަންހެން ފުލުހުންނެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސަސް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޮއިމެންޓް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް