ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 23:47
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރ. ދުވާފަރުގައި ވާހަކަފުޅުދައްކަވަނީ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރ. ދުވާފަރުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ދުވާފަރުގެ ތަރައްގީ
ދުވާފަރު އެއަރޕޯޓުގެ ހުވަފެނުގައި ކުލަޖައްސައިދެއްވާނެކަމުގެ އުއްމީދު ރައީސް ދެއްވައިފި
މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރާނެ ތަނެއް ހެދުން
ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
އާރުޓީއެލް ބަހުގެ ހިދުމަތް ދަރިވަރުންނަށް ދިނުން

ރ. ދުވާފަރުގެ ރައްޔިތުންގެ އިހުސާސްތަކާއި ނުކުޅުއްވާނެ ކަމަށާއި، ދުވާފަރު އެއަރޕޯޓުގައި ކުލަޖެއްސެވުމަށް ކުރެއްވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ރ. ދުވާފަރަށް ވަޑައިގެން ބޭއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދުވާފަރަށް ވަޑައިގެންނެވުމުން، ދުވާފަރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަށް ކޮންމެ ތިން މީހަކުން އެކަކު ސިއްރު ސިއްރުން ބުނަމުން ދިޔައީ އެއަރޕޯޓުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ 20-30 މިނެޓުން އެއަރޕޯޓަށް ދެވޭނެ ގޮތް ހެދުން އެއީ ސަރުކާރުގެ އެއް ސިޔާސަތު ކަމަށެވެ.

ރައީސް ވިދާޅުވީ ދުވާފަރަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނުގެ ޕޮލިސީ ޓީމާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އިހުސާސްތަކާއި ނުކުޅުއްވާނެ ކަމަށާއި، ރަށުގެ ރައްޔިތުންގެ ހުށަހެޅުމާއެކީގައި ޕްލޭނިންގ ޓީމާއި ޕޮލިސީ ޓީމް އަދި ފައިނޭންސް ޓީމާއެކީގައި މަޝްވަރާކުރައްވާނެ ކަމަށެވެ. ރައީސް ވަނީ އުއްމީދު ގެއްލުވާ ނުލެއްވުމަށާއި، އެ ހުވަފެނުގައި ކުލަޖެއްސުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

ދުވާފަރަށް ކުރައްވާނެ އިތުރު ކަންކަމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ކައުންސިލުން އެދިވަޑައިގެންނެވި ފަދައިން ރޯނު ދަމާ ބިން ކަނޑުއްވައިދެއްވާނެ ކަމަށާއި، ބޯހިޔާވަހިކަމަށް ފުލެޓާއި ރޯހައުސް އަޅުއްވާނެ ކަމަށެވެ. މީގެ އިތުރުން ރަށުގައި 5.7 ކިލޯ މީޓަރުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހައްދަވާފައިވާ ކަމަށާއި، ބާކީ ތާރުނާޅާ މަގެއް އޮތްނަމަ ކުރިއަށް އޮތް ދައުރުގައި އަޅާ ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދަވާ ރަށުގެ ބެލެނިވެރިން ކުދިން ސްކޫލަށް ގެންދިއުމަށް އާރުޓީއެލް ބަހުގެ ހިދުމަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ މަސްވެރިންގެ އެދުމަކީ މަސް ޕްރޮސެސްކުރެވޭނެ ގޮތް އަދި މަސް ގަނެ ރައްކާކުރެވޭނެ ގޮތް ހެދުން ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ދުވާފަރު ރައްޔިތުން ނުކެމެ ވަޑައިގެން ދުވާފަރުން ބޮޑުތަނުން ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
- ކޮމެންޓް