ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 13:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނު، މާރިޔާ އަހުމަދު ދީދީ
ރައީސް ސާލިޙުގެ ކެމްޕޭން
ވެރިކަމުގައި ތިބި ދުވަހު ނުކޮށްދީހުރި ކަންކަމުގެ ވައުދުތައް މިއަދު އިދިކޮޅު ފަރާތްތަކުން ދަނީ ވަމުން: މާރިޔާ
ރައީސް ސާލިޙު ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ލިސްޓު ދިގު
ރައީސް ސާލިޙު ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު ފެނި، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވޭ

ވެރިކަމުގައި ތިބި ދުވަހު ނުކޮށްދީހުރި ކަންކަމުގެ ވައުދުތައް މިއަދު ބައެއް ފަރާތްތަކުން ވެވަޑައިގަންނަވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ކެމްޕޭނު ތަރުޖަމާނުގެ ޙައިސިއްޔަތުން ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ރައީސް ސާލިޙު ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ލިސްޓު ދިގު ކަމަށާއި، އެއީ ކޮވިޑުގެ ނުރައްކަލުގެ ތެރޭގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ކަމަށެވެ.

މާރިޔާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހުރިހާ ފަރާތްތަކުންވެސް ރައީސް ސާލިޙަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މާރިޔާ ވިދާޅުވީ، މިއަދު ބަނދަރާއި، ފެނާއި ނަރުދަމާފަދަ އަސާސީ ޚިދުމަތްތަކުގެ ވާހަކަ ދައްކަވަމުން ގެންދަވާ ފަރާތްތަކަކީ މީގެ ކުރިންވެސް ސަރުކާރުތަކުގައި އެކަންކަން ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.

އެހެންނަމަވެސް އޭރު އެކަންކަން ނުކުރެއްވީ ކީއްވެތޯ މާރިޔާ ވަނީ ސުވާލު ކުރައްވާފައެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ރައީސް ސާލިޙު ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނަށް އޮތް ތާއީދު ފެނި، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް