ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 14:20
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ
ވީޓީވީ
ޝައިހް އުސްމާން އަބްދުﷲ
ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ތައުޒިޔާ ކިޔައިފި
ޒަކާތާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ފުންނާބުއުސް މަސައްކަތްތަކެއް ކުރައްވާފައިވޭ
އުމުރުން 85 އަހަރުގައި އުސްމާން އަބްދުﷲ އަވަހާރަވީ އާދިއްތަ ދުވަހުގެރޭގެ ފަތިހުގެ ވަގުތެއްގައި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ އަވަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ތައުޒިޔާ ކިޔައިފިއެވެ.

އުމުރުން 85 އަހަރުގައި އުސްމާން އަބްދުﷲ އަވަހާރަވީ އާދިއްތަ ދުވަހުގެރޭގެ ފަތިހުގެ ވަގުތެއްގައެވެ. އާއިލާއާ ޙަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އަވަހާރަވީ ފަތިސްނަމާދު ކުރައްވަން ވުލޫއު ކުރައްވައިގެން ނަމާދަށް ތައްޔާރުވެ ހުންނަވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޝައިހް އުސްމާން އަބްދުﷲގެ ޢާއިލާއަށާއި ދިވެހި އެންމެހާ ދީނީ ޢިލްމުވެރިންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާ ކިޔާފައެވެ.

ޝައިހް އުސްމާން އަބްދުﷲއަކީ ދިވެހިރާއްޖޭގައި ސަރުކާރުން އުފެއްދި ޒަކަތާބެހޭ އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި އިސްލާމް ދީނާއި ދިވެހި ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، ޒަކާތާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ފުންނާބުއުސް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

މާތް ﷲ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް