ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 13:15
ނޫސްވެރިން
ނޫސްވެރިން
ރައީސް އޮފީސް
ނޫސްވެރިން ދަފުތަރު ކުރުން
ދިވެހި ނޫސްވެރިން ދަފުތަރު ކުރުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި
ފްރީލާންސްކޮށް މަސައްކަތްކުރާތާ މަދުވެގެން 2 އަހަރުދުވަސް ވެފައިވާން ޖެހޭ
ފްތަރުގައި ހިމެނޭ ނޫސްވެރިންނަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާން ޖެހޭ

ދިވެހި ނޫސްވެރިން ދަފުތަރު ކުރުމުގެ އުސޫލު އެކުލަވާލައި މި އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަކީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުނ،ް ދިވެހި ނޫސްވެރިންގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ. އުސޫލުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ރަސްމީގޮތުން މަސައްކަތްކުރާ ނޫސްވެރިންނަކީ ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓަރީވެފައިވާ އަދި އެފަދަ އިދާރާއަކުން ގަބޫލުކުރާ ފެންވަރުގެ ނޫސްވެރިންނަށް ހެދުމަށް ބާރުއެޅުމެވެ.

މި އުސޫލުގެ ދަށުން މީޑިއާތަކުގެ ނޫސްވެރިންގެ ގޮތުގައި ބަލަނީ އެޑިޓަރުންނާއި، މީޑިއާއަށް މައުލޫމާތު ހޯދާ ރިޕޯޓަރުންނާއި، ވީޑިއޯ ނޫސްވެރިންނާއި، ފޮޓޯއާއި އިންފޯގްރަފިކްސް ނޫސްވެރިންގެ އިތުރުން، މި ދަފުތަރުގައި ރަޖިސްޓަރީވާ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކެވެ.

ދަފްތަރުގައި ހިމެނޭ ނޫސްވެރިންނަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމުގައިވާން ޖެހެއެވެ. އަދި ފްރީލާންސްކޮށް މަސައްކަތްކުރާތާ މަދުވެގެން 2 އަހަރުދުވަސް ވެފައިވާން ޖެހެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ނޫސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީކުރާނީ އެކަމަށް އެދި އާންމުކޮށް އިޢުލާނުކުރުމުން ފަރުދީގޮތުން ނުވަތަ މީޑިއާތަކުން ނަން ހުށަހަޅާ ނޫސްވެރިންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ނޫސްވެރިންނެވެ.

ނޫސްވެރިންގެ ދަފުތަރަށް ނަން ހުށަހެޅުމަކީ އާންމު އިޢުލާނު ފުރަތަމަ ފަހަރަށް ކުރުމަށްފަހު، އޭގެ ފަހުގައި އާންމުކޮށް ހުޅުވައިލެވިފައިވާ ކަމެކެވެ.

މި ދަފްތަރުގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރާނީ އެކަމަށްޓަކައި ކައުންސިލުން އެކުލަވައިލާ ކޮމެޓީއަކުންނެވެ.

މި އުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ނޫސްވެރިންގެ ދަފުތަރު އެކުލަވައިލަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް