Advertisement
ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 20:05
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
އަމްނާ އިމާދު
ގިރާވަރު ފަޅު ހިއްކުން
ގިރާވަރު ފަޅުން 169 ހެކްޓަރުގެ ބިން، އޮކްޓޫބަރު މަހުގެ ނިޔަލަށް ހިއްކައި ނިންމަނީ
މި މަސައްކަތް ކުރަމުންދަނީ ބޮސްކާލިސްއާއި ސީއެމްސީ ކުންފުނިން
ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށްދޭ
ފުރަތަމަ ބުރުގައި 5000 ގޯތި ދޫކުރާނެ

ގިރާވަރު ފަޅުން 169 ހެކްޓަރުގެ ބިން އޮކްޓޫބަރު މަހުގެ ނިޔަލަށް ހިއްކައި ނިންމާނެ ކަމަށް، އެ މަސައްކަތް ކުރާ ކުންފުނިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ނޫސްވެރިން ވަނީ އެމަސައްކަތް ކުރާ ގޮތް ދައްކާލުމަށް ސައިޓަށް ގެންގޮސްފައެވެ.

މި މަސައްކަތް ކުރަމުންދަނީ ބޮސްކާލިސްއާއި ސީއެމްސީ ކުންފުނިންނެވެ.

Advertisement

މި ޕްރޮޖެކްޓްގެ މެނޭޖަރު މީޑިއާތަކަށް ވިދާޅުވީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އަދި އޮކްޓޫބަރު މަހުގެ ނިޔަލަށް 169 ހެކްޓަރުގެ ބިން ހިއްކައި ނިންމާނެކަމަށެވެ

ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މޭ 2023ގައެވެ.

މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، 35 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މާލޭގެ ރަށްވެހިންނަށް ބިންވެރިކަން ގާއިމްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށްޓަކައި ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވިދާޅުވިގޮތަށް، މިދައުރުގެ ތެރޭގައި ބިން ކަނޑައި ރަޖިސްޓްރީ ބިންވެރިންނަށް ހަވާލުކުރާނެ ކަމަށެވެ.

މި ޕްރޮގްރާމް ނިމިގެންދާނީ ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅުވެ ވަޑައިގެންނެވި ގޮތަށް، ބިން ކަނޑާ އޭގެ ރަޖިސްޓްރީ ބިންވެރިންނަށް ހަވާލުކޮށްފަ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު، އަކްރަމް

"ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށްދާއިރު، ގިރާވަރު ފަޅުންވެސް ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ގިރާވަރު ފަޅުން ފުރަތަމަ ބުރުގައި 5000 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް