ކ. މާލެ
|
18 އޯގަސްޓް 2023 | ހުކުރު 12:46
އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން މަނިޕޫރަށް އެހީފޯރުކޮށް ނުދެވިފައި
އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން މަނިޕޫރަށް އެހީފޯރުކޮށް ނުދެވިފައި
އިންޑިއާ އަށް ކުރަމުންދާ ވިއްސާރަ
އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން މަނިޕޫރަށް އެހީ ފޯރުކޮށްނުދެވިފައި
ނަސްލީ ޚިޔާލުތަފާތުވުންތައް މަނިޕޫރްގައި ބޮޑުވެފައިވާއިރު މި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައި
އިންޑިއާގެ މަނިޕޫރްގެ ހައިވޭ ސަރަހައްދުގައި ކިސަޑާއި ގާތަށް ހަމާވުމުގެ ސަބަބުން ތާށިވެފައިވާ ޓްރަކްގެ އަދަދު 400 އަށް އަރާ

އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން މަނިޕޫރަށް އެހީފޯރުކޮށް ނުދެވިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަނީޕޫރަށް އެހީ ފޯރުކޮށްދޭން ދިޔަ އެތައް ސަތޭކަ ޓްރަކްތަކެއް ވަނީ މި ހާދިސާތަކާއި ގުޅިގެން އެހީ ބެނުންވާ މިހުން ތިބި ސަރަހައްދުތަކަށް ނުދެވި ތާށިވެފައެވެ. އިންޑިއާގެ މަނިޕޫރްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން 84 މީހުންނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ އިދާރާތަކުން ވަނީ ވާރެގެ ނޭދެވޭ އަސަރު މިހާބޮޑަށް ކުރަމުން ދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ނުވަތަ ކްލައިމެޓް ޗޭންޖުގެ ސަބަބުން ކަމަށް ބުނެފައެވެ. އެހެންނަމަވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ފަރުވާކުޑަކޮށް ކޮށްފައިވާ އުމްރާނީ މަސައްކަތްތަކުގެ ސަބަބުން މިފަދަ ހާދިސާތަކުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އިންޑިއާގެ އިތުރުން އެ ގައުމުގެ އަވަށްޓެރި ޕާކިސްތާނާއި ނޭޕާލަށް ވެސް ވިއްސާރައިގެ އަސަރުކޮށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.

އިންޑިއާގެ މަނިޕޫރްގެ ހައިވޭ ސަރަހައްދުގައި ކިސަޑާއި ގާތަށް ހަމާވުމުގެ ސަބަބުން ތާށިވެފައިވާ ޓްރަކްގެ އަދަދު 400 އަށް އަރައެވެ. އަދި މަގު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ އަދިވެސް ބޯކޮށް ވާރޭ ވެެހެމުން ދިއުމުގެ ސަބަބުންނެވެ.

އިންޑިއާގެ މަނިޕޫރްގައި ހަމަނުޖެހުންތައް ފެށިފައި ވަނީ މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު އިންޑިއާގެ މޭތީ ދަރިކޮޅުގެ މީހުންނަށް އިގްތިސާދީ މަންފާ އާއި ސަރުކާރު ވަޒީފާތަކުގެ ކޯޓާ އާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޑިއާގެ ކޯޓަކުން އަމުކުރުމާއި ގުޅިގެންނެވެ. އޭގެ ކުރިން އެ ކަންކަން މިހާތަނަށް ރިޒަރވްކޮށްފައި ހުރީ ކުކީ ދަރިކޮޅުގެ މީހުންނަށެވެ.

ނަސްލީ ޚިޔާލުތަފާތުވުންތައް މަނިޕޫރްގައި ބޮޑުވެފައިވާއިރު މި ހަމަނުޖެހުންތަކުގައި އެތައްސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. އަދި 40000 މީހުން ވަނީ އެ މީހުންގެ ގެތައް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް