Advertisement
ކ. މާލެ
|
18 އޯގަސްޓް 2023 | ހުކުރު 15:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
އިކޮނޮމީ ޑައިވަރސިފައި ކުރުން
ރައީސް ޞާލިހަކީ އިކޮނޮމީ ޑައިވަރސިފައި ކުރުމަށް ލާމަސީލު ނަމޫނާ ވެރިއެއް: އަސްލަމް
ރައީސް ސާލިހުގެ ވެރިކަން ރައްޔިތުން ވަނީ ޓެސްޓު ކޮށްފައި
ރައީސް ސާލިހު ކޮވިޑް-19 މެނޭޖްކުރެއްވި
ރައީސް އިތުރުފުޅު ނުހައްދަވާނެ، ދައުލަތުގެ ހަޒާނާ އަދި ފައިސާގައި ވެސް ޖެހިވަޑައިނުގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ އިކޮނޮމީ ޑައިވަރސިފައި ކުރުމަށް ލާމަސީލު ނަމޫނާ ވެރިއެއް ކަމަށް އެމަނިކުފާގެ ރަނިންގމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރައީސް ސާލިހު ކޮވިޑް-19 މެނޭޖްކުރެއްވި ކަމަށެވެ. އެއީ މުޅި ދުނިޔެ ހުއްޓިފައިވާ ހާލަތެއްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

Advertisement

އެމްޑީޕީގެ 2008 ވަނަ އަހަރުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަސްލަމް ވިދާޅުވީ އެދުވަސްވަރު ކުރިމަތިވި ގްލޯބަލް ފައިނޭންސް ކްރައިސިސްގައި ގައުމު މެނޭޖްކުރުމަށް ސަރުކާރު މުއައްޒަފުންގެ އަދަދު މަދުކުރުމާއި، މުސާރަ ކުޑަކުރުމާއި، ދިރާގު އަދި އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލަން ޖެހުނު ކަމަށެވެ.

ނަމަވެސް ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތިވި ކޮވިޑް-19ގެ ހާލަތުގައި މީހުން ވަޒީފާއިން ވަކި ނުކުރާ ކަމަށާއި، މުސާރަ ކުޑަކޮށްފައިނުވާ ކަމަށެވެ. އަދި ދައުލަތުގެ ހަރުމުދަލެއް ވިއްކާފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއާހިލާފަށް ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ވިޔަފާރިތައް ކުރިއެރުވުމަށް އެލަވަންސްތައް ދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރި މީހުންގެ ވަޒީފާ ގެއްލުނު މީހުންނަށް ޚާއްސަކޮށްގެން އިންކަމް ސަޕޯޓު އެލަވަންސްދީފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ސާލިހަކީ މޮޅު އިކޮނޮމިސްޓެއް ކަމަށާއި، ރައްޔިތުންގެ ދެކެ ލޯބިވާ ރައީސްއެއްކަން ހާމަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖެފަދަ ގައުމަކަށް ޝިޕިންގ އިންޑަސްޓްރީއަކީ ވަރަށް މުހިންމު އިންޑަސްޓްރީއެއް. ގައުމީ ޝިޕިން ލައިނެއް އަނެއްކާވެސް އަލުން އުފައްދަވާ ޝިޕިން. މިސާލަކަށް ވިޔަފާރިތަކަށް ބަލާއިރު ހަމައެކަނި ޓޫރިޒަމްއަށް ބަރޯސާވެފައި އޮންނަ ގައުމަކަށްނުވެ އެހެނިހެން ދާއިރާތަކަށް އިކޮނޮމީ ޑައިފާސިފައި ކުރުމަށް ވެސް ލާމަސީލު ނަމޫނާއެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ. ރައީސް ސާލިހު ކޮވިޑް މެނޭޖް ކުރެއްވި. އެވާހަކަ ވަރަށް ގިނަ މީހުން ވަރަށް ގިނަގޮތްގޮތަށް ދައްކާ. އަޅުގަނޑު ހިތަށް އަރަނީ ކޮންމެވެސް އެހެން އޭންގަލްއަކުން ބަލާލާނަމޭ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު 2008 ވަނަ އަހަރު އައިރުގަ އެނގިވަޑައިގަންނަވާނެ އެއީ ގްލޯބަލް ފައިނޭންސް ކްރައިސިސްގެ މެދަށް އަޅުގަނޑުމެން އައީ. އެތަން މެނޭޖްކުރުމަށްޓަކައި އޭރު އަޅުގަނޑުމެންގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަކީ ސަރުކާރު މުއައްޒަފުންގެ އަދަދު މަދުކުރެއްވި. މޫސާރަ މަދުކުރެއްވި އުނިކުރެއްވި އެކަމުން އަރައިގަންނަން ދެން. ބައެއް ތަންތަން ވިއްކާލަން ޖެހުނު. ދައުލަތުގެ ހަރުމުދާ ކަމަށް ކިޔާ އުޅުނު. އެއީ ދިރާގުގެ ހިއްސާ ވިއްކާލަން ޖެހުނު. އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލަން ޖެހުނު. އަދި އޭގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށްފަހު އިތުރަށް ފައިސާ ވެސް ނަގަން ޖެހުނު. 15 އަހަރު އިތުރު ކުރުމަށްފަހު އެޑްވާންސްކޮށް ފައިސާ ވެސް ނަގަންޖެހުނު. ޑޮލަރު ފްލޯޓް ކުރުމަށް 20 އިންސައްތަ ފްލޯޓެއް ގެނެސްފައި އެ މަތިވާ 20 އިންސައްތަ 12 ރުފިޔާ 85 ލާރި 15 ރުފިޔާ 42 ލާރިއަށް މަތިވީ 20 އިންސައްތަ އެއީ އަނެއްވެސް ބަޖެޓްގެ ބަޖެޓްގެ ސަޕޯޓެއްގެ ގޮތުގައި ބެލި.
ރަނިންގމޭޓް މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަން ރައްޔިތުން ޓެސްޓު ކޮށްފައިވާ ކަމަށެވެ. ރައީސް އިތުރުފުޅު ނުހައްދަވާނެ ކަމަށާއި، ދައުލަތުގެ ހަޒާނާ އަދި ފައިސާގައި ޖެހިވަޑައިނުގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ހަރަދު ކުރައްވަނީ ރައްޔިތުންނަށްޓަކާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް