Advertisement
ކ. މާލެ
|
15 އޯގަސްޓް 2023 | އަންގާރަ 07:05
ފުލުހުން ހޯދަމުން އަންނަ ފުވައްމުލަކަށް ނިސްބަތްވާ މުހައްމަދު ސިނާން
ފުލުހުން ހޯދަމުން އަންނަ ފުވައްމުލަކަށް ނިސްބަތްވާ މުހައްމަދު ސިނާން
މޯލްޑިވްސް ޕޮލިސް ސާރވިސް
ދިވެހި ފުލުހުންގެ ޚިދުމަތް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ފުލުހުން ހޯދަމުން ދަނީ ހޯދަމުންދަނީ ޏ. ފުވައްމުލައް/ހޯދަޑު. ނަސްފަަރު، 37 އަހަރުގެ މުޙައްމަދު ސިނާން
އޭނާ ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ކުށެއްކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުވައްމުލައް ސިޓީގެ މީހަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފިއެވެ.

މި މީހާ ހޯދަން އިއުލާން ކުރީ ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ, ހާޒިރު ކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ. އެގޮތުން މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ހޯދަޑު. ނަސްފަަރު، 37 އަހަރުގެ މުޙައްމަދު ސިނާން އެވެ. 

Advertisement

މުޙައްމަދު ސިނާން ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ކުށެއްކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

މުޙައްމަދު ސިނާން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް