Advertisement
ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 20:39
ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ
ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ފާއިތުވި މަސް ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 7 މީހުން
ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 186،694
316 މީހަކު ވަނީ މިބަލީގައި ނިޔާވެފައި

ފާއިތުވި މަސް ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 7 މީހުންކަމަށް, ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ޖުލައި 1ން އޮގަސްޓް 5ގެ ނިޔަލަށް ރާއްޖޭގައި ކޮވިޑްގެ ހާލަތާގުޅޭ ތަފާސްހިސާބަށް ބަލާއިރު، އެމުއްދަތުގައި މާލެއިން 5 މީހުން ޕޮޒިޓިވްވިއިރު އަތޮޅުތަކުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއްނުވެއެވެ. އަދި އެހެނިހެން ހިސާބުތަކުން 2 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިމުއްދަތުގައި އެއްވެސް މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެއްނުވެއެވެ.

އެޗްޕީއޭއިން ޖޫން 11ން ޖުލައި 1އަށް އާންމުކުރި ތަފާސްހިސާބަށް ބަލާއިރު އެމުއްދަތުގައި ރާއްޖޭގައި ކޮވިޑް ޖެހިފައިވަނީ 4 މީހުންނަށެވެ.

Advertisement

މިއަދަދުތަކާއެކު، މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 186،694ވެ. އަދި 316 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 399،431 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 385،281 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު، 167،765 މީހުން ވަނީ ބޫސްޓަރ ފުރަތަމަ ޑޯޒް ޖަހާފައެވެ. ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވަނީ 1586 މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް