ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 19:02
ދަރުބާރު ގޭގައި ހުންނަ އިންތިޚާބާއި ބެހޭ މަރުކަޒު
ދަރުބާރު ގޭގައި ހުންނަ އިންތިޚާބާއި ބެހޭ މަރުކަޒު
އަމްނާ އިމާދު
އޮބްޒަރވަރުންނާއި މޮނިޓަރުން
އޮބްޒާވަރުންނާއި މޮނިޓަރުނަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
އެފުރުސަތު އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައި

ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެފުރުސަތު އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. ކުރިން މުއްދަތު ހުޅުވާލާފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮބްޒާވަރުން އަދި މޮނީޓަރުންގެ  ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް  އޮގަސްޓް 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.

އޮބްޒާވަރުން އަދި މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ ކޮމިޝަންގެ އީމެއިލަށެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އީސީން ކުރަމުންދާއިރު، މިއަހަރުގެ އިންތީޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް