Advertisement
ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 10:58
ނ. ލަންދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ނ. ލަންދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ނ. ލަންދޫ ބަނދަރު ބައްދަލުވުން
ބަސްބުނުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ: ރައީސް
މިދައުރުގައި ވަޒީފާއަށް ޒުވާނުން އަހުލުވެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ

ޒުވާނުންނަކީ މާދަމާގެ ވެރިންކަމަށް ޤަބޫލުކުރާއިރު ބަސްބުނުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ.ލަންދޫގައި އޮތް ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދައުރުގައި ވަޒީފާއަށް ޒުވާނުން އަހުލުވެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ 800ށް ވުރެ ގިނަ ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 20،000ށްވުރެ ގިނަ ވަޒީފާ މި ދައުރުގައި އުފެއްދިއްޖެ ކަމަށެވެ.

ހަމައެކަނި ތައުލީމީ ދާއިރާއަށް ބެލިކަމުގައިވީ ނަމަވެސް ކުރިން އޮތް ދަތިތައް މިހާރު ހައްލުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން 18000ށްވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement

ނ. އަތޮޅަށް ކަމެއް ކުރިކަމަށް ކުރީ ކޯލިޝަންގެ ހިމެނޭ ފަރާތްތައް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ. ނ. އަތޮޅަށް އަންނާނެ ތަރައްޤީ ވަރަށް އުޖާލާ ކަމަށާއި އަތޮޅުގެ ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ލަންދޫގެ އަސާސީ ހިދުމަތްތައް ފުރިހަމަވެ، ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދޯނިފަހަރު އެހެލާ ސަރަހައްދު ވެސް ރައީސް ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް، ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ލަންދޫގެ ފުޓްސަލް ދަނޑު އަޕްގްރޭޑްކޮށް، ކުޑަކުދިންގެ ޕާކަކާއި ޔޫތު ކޮމިއުނިޓީ ސެންޓަރެއް އަޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގައި އިތުރު ހިދުމަތް ފައްޓަވައިދެއްވާ، 24 ގަޑިއިރަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް