ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 23:42
ނ. ވެލިދޫގައި އޮތް ޖަލްސާގައި ސިޔާމް ވާހަކަފުޅު ދައްކަވަނީ
ނ. ވެލިދޫގައި އޮތް ޖަލްސާގައި ސިޔާމް ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
ކޯލިޝަނަކީ އިޤްތިސާދު އެތައް ގުނައަކަށް ގެންދަން އެނގޭ ބަޔެއް: ސިޔާމް
ރައްޔިތުން ބޭނުންވާ ހުރިހާ ކަންތައްތައް އެންމެ ފުރިހަމައަށް ކުރެވޭނެ ބަޔަކީ ކޯލިޝަންގައި ހިމެނޭ ފަރާތްތައް

ކޯލިޝަނަކީ އިޤްތިސާދު އެތައް ގުނައަކަށް ގެންދަން އެނގޭ ބަޔެއް ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ސިޔާމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ހުރިހާ ކަންތައްތައް އެންމެ ފުރިހަމައަށް ކުރެވޭނެ ބަޔަކީ ކޯލިޝަންގައި ހިމެނޭ ފަރާތްތައް ކަމަށެވެ.

މިހާރު ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާއިރު އަތޮޅުގެ ކައިރީގައި ހުރި ހުރިހާ ރަށްތައް ލޯކަލް ޓޫރިމަށް ފައްކާވެގެންދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. އަދި އިޤްތިސާދު އެ ސަރަހައްދުގައި އަރައިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓްގެ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެ އެއަރޕޯޓް ތަރައްޤީ ކުރެއްވީ އެބޭފުޅާކަމަށެވެ. އަދި އެކަން ނ. އަތޮޅުގެ ރައްޔިތުންނަށް އެނގޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަތް އޮތް ތިން އަހަރު ނ. އަތޮޅު އިޤްތިސާދު ދެގުނަ މައްޗަށް އަރައިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރަނގަޅަށް ވިސްނައިފިނަމަ އެއްވެސް ޒުވާނަކު، އެހެން އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް