ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 16:35
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް ގެ ތެރެއިން
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް ގެ ތެރެއިން
ރާއްޖެއެމްވީ
ކުރީގެ ރައީސް ޔާމީން
"ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރި ކަމަށް ބުނެ ފަތުރެނީ ޞައްޙަ ޚަބަރެއް ނޫން"
އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވަނީ ނިންމާފައި
ޖަލު ހުކުމް އިއްވާފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރި ކަމަށް ބުނެ ފެތުރެނީ ޞައްޙަ ޚަބަރެއް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައި އެކަން ހާމަކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރިކަމަށް އަޑުފެތުރެން ފަށާފައި މިވަނީ ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އާދިއްތަ ދުވަހު ހައިކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރ އާމިނަތު ޔުސްރީން އަޙްމަދު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަަމަށެވެ. އަދި ސިއްހީ މައްސަލަ އަކާއި ހުރެ ގެއަށް ބަދަލުކުރާ ނަމަ ސަޕޯޓިންގ ޑޮކިއުމެންޓް ތައް ލުމުން ކަރެކްޝަންސްގެ މެޑިކަލް ޓީމުން އެކަން ބެލެމަށް ފަހު ގޮތެއް ނިންމާނެ ކަަމަށެވެ. އަދި އެ ނޫން ހާލަތުގައި ކޯޓަކުން ގޮތެއް އަންގައިފި ނަމަ އެގޮތަކަށް އަމަލުކުރާނެ ކަމަށެވެ. އެހެންނަމަވެސް އަދި އެފަދަ ކަމެއް ހިނގަމުން ނުދާކަމަށް ޔުސްރީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް