Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 16:10
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނ. ހޮޅުދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނ. ހޮޅުދޫގައި ވާހަކަފުޅުދައްކަވަނީ
ނ. ހޮޅުދޫ ބަނދަރު ބައްދަލުވުން
ހޮޅުމީދޫ ތަރައްގީކޮށް، ރައްޔިތުންނަށް އާބާދުވެވޭ ގޮތް ހަދައިދޭނަން: ރައީސް
މިހާ ހިސާބަށް އައިއިރު ސާފުކޮށް ފެންނަ ހަގީގަތަކީ އެމްޑީޕީއާއެކު ނ އަތޮޅު ރައްޔިތުން ތިބިކަން

ނ. ހޮޅުދޫ އިޚްތިސާސްގެ ތެރެއަށް ލާފައިވާ ހޮޅުމީދޫ ތަރައްގީކޮށް، އެތަނުގައި ރައްޔިތުންނަށް އާބާދުވެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނ. ހޮޅުދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައެވެ.

މިހާ ހިސާބަށް އައިއިރު ސާފުކޮށް ފެންނަ ހަގީގަތަކީ އެމްޑީޕީއާއެކު ނ. އަތޮޅުގެ ރައްޔިތުން ތިބިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނ. ހޮޅުދޫ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ތައުލީމަށް ކަމަށާއި، އެއީ ރަށަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި ހޮޅުދޫގައި އަބަދުވެސް އުޅެނީ ތައުލީމަށް ލޯބިކުރާ، ސުލްހަވެރި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ގައުމެއްގެ މުސްތަގުބަލް އުޖާލާވާނީ އެ ގައުމެއްގައި ވިސްނުންތެރި، ހޭލުންތެރި މުޖުތަމައެއް ބިނާކޮށްގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށެވެ.

ރައީސްގެ ތައުލީމީ ސިޔާސަތުތައް ތަންފީޒުވުމުން، ކުދިންގެ ސިކުނޑި ހުޅުވި، ބޭނުންވާ ޒުވާނުން މުޖުތަމައަށް ނެރެވިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގައި ތަރައްގީއަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށާއި، ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށުގައި ޒަމާނީ ހުކުރު މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ދިނުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް