ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 11:57
ރައީސް ސާލިހު ނ. ޅޮހީގައި ވާހަަކަފުޅު ދައްކަވަނީ
ރައީސް ސާލިހު ނ. ޅޮހީގައި ވާހަަކަފުޅު ދައްކަވަނީ
އެމްޑީޕީ
އާރްޓީއެލް ފެރީގެ ޚިދުމަތް
އާރްޓީއެލް ފެރީގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ނ. ޅޮހީގައި ފެށިގެންދާނެ: ރައީސް ސާލިހު
މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅުގައި ވެސް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ

އާރްޓީއެލް ފެރީގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ނ. ޅޮހީގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. ޅޮހީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ ހިދުމަތް ފެށުމުން ހީނުކުރާވަރަށް ރަށްތަކަށް ތަރައްޤީގެ ލިބިގެންދާނެ ކަމަށެވެ.

ޅޮހީގެ ވެސް އަސާސީ ޚިދުމަތްތައް ހުރީ ވަރަށް ދަތި ހާލުގައި ކަމަށާއި ހުރިހާ ޚިދުމަތްތައް ފަށަން ޖެހުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭރު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ލަސްވަމުން ލަސްވަމުން ގޮސް މަސައްކަތް މިހާރު މަޑުޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުގެ ކުންފުންޏަކާ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ މަސައްކަތް ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ބަނދަރުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަސާސީ ޚިދުމަތްތައް ޒަމާންތަކަކަށްފަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަތް އޮތްތާނގައި ސިޔާސަތުތައް ބައްޓަންވެފައި އޮންނާނީ ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކުރިއަތް އޮތް ދައުރުގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ފަތުރުވެރިންނަށް ފަސޭހައިން މޫދަށް އެރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާ، ސްކޫލުގައި މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް