Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 10:39
ރައީސް ނ އަތޮޅު ޅޮއްސަށް ވަޑައިގެންނެވުން
ރައީސް ނ އަތޮޅު ޅޮއްސަށް ވަޑައިގެންނެވުން
އެމްޑީޕީ
ރައީސް ނޫނަށް
ރާއްޖެއަށް ފެތުރިގެންދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ހަމަޖެހުން ހޯއްދަވައިދެއްވީ ރައީސް ސާލިޙު: ޅޮހީ ކައުންސިލު ރައީސް
ކޮވިޑުގެ ދަތިކަމުގެ ތެރެއިން ސަރުކާރުން އެޅި ފިޔަވަޅުތައް ފާހަގަ ކުރެއްވި
ޅޮއްސަށް ބަލާއިރުވެސް މީގެ ކުރިން ހިންގިފައިނުވާ މިންވަރަށް ޕްރޮޖެކްޓުތައް ހިންގާފައިވޭ

ރާއްޖެއަށް ފެތުރިގެންދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ހަމަޖެހުން ހޯއްދަވައިދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުކަމަށް ނ ޅޮހީ ކައުންސިލުގެ ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ނ ޅޮހީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވަނީ ކޮވިޑުގެ ދަތިކަމުގެ ތެރެއިން ސަރުކާރުން އެޅި ފިޔަވަޅުތަކާއި، އެކަމުން އަރައިގަތް ގޮތަށް ތައުރީފު ކުރައްވާފައެވެ.

އަދި ކުޑަރަށެއް، ބޮޑުރަށެއް ބެލުމެއް ނެތި ރަށްތަކަށް ގެންނަމުންދާ ތަރައްޤީއަކީ ރައީސް ސާލިޙު ހޮއްވަވަން ޖެހޭ ސަބަބުކަމަށް ކައުންސިލް ރައީސް އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ.

Advertisement

ނ ޅޮހީ ކައުންސިލުގެ ރައީސް އިބްރާހިމް މުޙައްމަދު ވަނީ ރައީސް ސާލިޙަށް ވޯޓު ދެއްވުމަށް އެރަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން ރައީސަކީ ނަމޫނާ ލީޑަރެއްކަމަށާއި، ތަރައްޤީއަކީ ހަމައެކަނި މާލެ ކުރިއެރުން ނޫންކަން ދެއްކެވީ ރައީސް ސާލިޙުކަމަށް އޭނާ ވިދާޅުވިއެވެ.

ނ ޅޮއްސަށް ބަލާއިރު ވެސް މީގެ ކުރިން ހިންގިފައިނުވާ މިންވަރަށް ޕްރޮޖެކްޓުތައް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ ކުޑަމިނުން ޕްރޮޖެކްޓުތައް ހިންގަން ފެށުމަކީވެސް އެރަށު ރައްޔިތުންނަށް ލިބިގެންދާ އުފަލެއްކަމަށް ވެސް އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ.

ޅޮހީ ކައުންސިލުގެ ރައީސް ވަނީ އެރަށު ރައްޔިތުން އެދިފައިވާ ކަންކަން ރައީސް ކޮށްދެއްވާނެ ކަމުގެ އުއްމީދު އޮތްކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް