ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 05:39
ނ. މަނަދޫގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ
ނ. މަނަދޫގައި އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ސިޔާމް ވާހަކަ ދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް
އެބޭފުޅުންގެ ވިސްނުމަކީ "ތިމާ އެކަނި ދުނިޔޭގައި އުޅެން ބޭނުންވާ" ބަޔަކަށްވުން

ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް ނެތް ކަމަށާއި އެބޭފުޅުންގެ ތަޖުރިބާއެއްވެސް ނެތް ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ސިޔާމް ވިދާޅުވީ އެބޭފުޅުންގެ ވިސްނުމަކީ "ތިމާ އެކަނި ދުނިޔޭގައި އުޅެން ބޭނުންވާ" ބަޔަކަށްވުން ކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސްގެ ވިސްނުންފުޅު ތަފާތު ކަމަށް ވިދާޅުވިއެވެ. 

ކޯލިޝަނުން ކުރާ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދީ، ހިތްހަމަޖެހުން ހޯދައި ދިނުން ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށާއި އެބަޔަކީ ކޯލިޝަން ކަމަށް ވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ބޭންކުތަކުން ލޯނު ދެނީ، ވެރިކަމުގައި ހުރި މީހާއަށް ބެލުމަށްފަހު ކަމަށާ އަދި އެއީ އެމީހާއަށް އިތުބާރުކޮށްފައި ދޭ އެއްޗެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބޭންކުތަކުން ރައީސަށް ލޯނު ދެނީ އެހެންވުމުން ކަމަށް ވެސް ވިދާޅުވިއެވެ. ލޯނުތައް ނަގަނީ އިޤްތިސާދު ރަނގަޅުކުރުމަށް ކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖެ އައު އުސްމިންތަކަކަށް ގެންގޮސް ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރައީސް ދުވަހަކު ވެސް އެއްވެސް މީހަކަށް މަލާމަތްކޮށް ގޯނާކޮށް ނުހައްދަވާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އަޚުލާޤުގެ ގޮތުން ރައީސަކީ ނަމޫނާ ބޭފުޅެއް ކަަމަށް ސިޔާމް ވިދާޅުވިއެވެ.

ކިތަންމެ ވަރަކަށް ކިޔަވާ، ޕީއެޗްޑީ ނެގިޔަސް އެމީހެއްގެ ގައިގައި އަޚުލާޤު ނެތްނަމަ އެއީ އެއްވެސް މީހެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް