ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 12:41
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު
އެމްޑީޕީ
ރައީސް ނޫނަށް
ކޯލިޝަންގެ ހުރިހާވެސް އަމާޒަކީ އުފާވެރި، އަމާން ދިވެހިރާއްޖެއެއް ހޯދުން: ސިޔާމް
ސިޔާމް ވަނީ ރައީސަކީ ނުހަނު އޯގާތެރި ވެރިއެއްކަން ފާހަގަ ކުރައްވާފައި
ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ

ހުރިހާވެސް އަމާޒަކީ އުފާވެރި، އަމާން ދިވެހިރާއްޖެއެއް ހޯދުންކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުޑަފަރީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތައް އެހެން ރައީސުންނާ އަޅާކިޔާއިރު ތަފާތު ކަމަށެވެ.

ރައީސް ސާލިޙު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުޅާ މިނެއްގައި ފޯރުކޮށްދިނުމަށްކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ރައީސަކީ ނުހަނު އޯގާތެރި ވެރިއެއްކަން ފާހަގަ ކުރައްވައި، ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހުރިހާވެސް އަމާޒަކީ އުފާވެރި، އަމާން ދިވެހިރާއްޖެއެއް ހޯދުންކަން ފާހަގަ ކުރައްވައި ސިޔާމް ވަނީ ރައީސް ސާލިޙަށް 100 އިންސައްތަ ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް