Advertisement
ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 22:43
އެމްޕީއެލްގެ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023
އެމްޕީއެލްގެ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް
އެމްޕީއެލްގެ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް ފަށައިފި
ފޯރަމް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023 ފަށައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މި ފޯރަމް ފަށާފައިވާއިރު، ފޯރަމް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ 'ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިންގ ތުރޫ ދިސް ކޭއޮސް'އެވެ.

ފޯރަމްއާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މިއީ މި ފޯރަމް ބާއްވާ ދެވަނަ ފަހަރު ކަމަށާއި ފޯރަމްގެ މަގުސަދަކީ ކުންފުނިތަކާއެކު ރިސްކް މެނޭޖްމަންޓްގެ ފަންކްޝަންގެ މަޝްވަރާތައް އިތުރަށް ކުރިއަށް ގެންގޮސް، ދެ ފަރާތުގެ ތަޖުރިބާ ހިއްސާކުރުން ކަމަށެވެ.

Advertisement

މި ފޯރަމްގައި ކީނޯޓް ސްޕީކަރ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ސެޝަންތައް މެދުވެރިކޮށް، އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓް ސްޕެޝަލިސްޓުންނާއެކު މަޝްވަރާ ކުރާނެއެވެ.

މި ފޯރަމް ފަށާފައިވަނީ ރާއްޖޭގެ އެސްއޯއީސްތަކާއި އެހެނިހެން މުހިންމު މުއައްސަސާތަކަށް އަމާޒުކޮށްގެންނެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު ގިނަ ކުންފުނިތަކުން ފޯރަމްގައި ބައިވެރިވެފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް