ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 08:54
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން އުޅުނު ތަނ
މަޑެވެލީގައި އެމްޑީޕީގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތްތަނެއްގައި ރޯކޮށްލުން - "ރޯކޮށްލީ ޕެޓްރޯލް އަޅައިގެން ކަމަށް ބެލެވޭ"
ރޯކޮށްލާފައިވާ ކަމަށް ބެލެވެނީ ފަތިހު ފަތިސް ނަމާދަށް ފަހުގެ ވަގުތެއްގައި
ރޯކޮށްލާފައި ވަނީ ޕެޓްރޯލް ބޭނުންކޮށްގެން ކަމަށް ޝައްކު ކުރެވޭ
އެ ސަރަހައްދުގައި ހުރި 50 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަކާއި އެ ތަނުގައި ހުރި މޭޒުތައް ވަނީ އެއްކޮށް އަނދާ ހުލިވެފަ

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޯކޮށްލައިފިއެވެ.

ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން އާއްމު މީހަކު ބުނީ އެ ރަށަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް ތައްޔާރު ކުރީ އެ ރަށުގެ ސްކޫލް ކައިރީގައި ކަމަށެވެ. އަދި އެތަން ތައްޔާރުކޮށް ނިމުނީ ރޭ ދަންވަރު 03:00 ވެސް ވީ ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެތަނުގައި ރޯކޮށްލާފައިވާ ކަމަށް ބެލެވެނީ ފަތިހު ފަތިސް ނަމާދަށް ފަހުގެ ވަގުތެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ރޯކޮށްލާފައި ވަނީ ޕެޓްރޯލް ބޭނުންކޮށްގެން ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރޯކޮށްލުމާއި ގުޅިގެން އެ ސަރަހައްދުގައި ހުރި 50 ގޮނޑީގެ ތެރެއިން ގިނަ ގޮނޑިތަކާއި އެ ތަނުގައި ހުރި މޭޒުތައް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލް ފާރު ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.ފުލުހުން ދަނީ މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަޑަވެއްޔަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހާރު ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިންނެވެ. މަޑަވެލީގައި ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތަނުގައި ރޯކޮށްލި ނަމަވެސް އެ ރަށަށް ރައީސް ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް