Advertisement
ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 20:15
ފްލެޓް
ފްލެޓް
އަރބަންކޯ
ފްލެޓް ލިސްޓް
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންގާރަ ދުވަހު އާންމުކުރަނީ
ހުރިހާ ހައުސިން ޔުނިޓުތައް 2024ގައި ނިމޭނެ
ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށަހަޅާފައި

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގާ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު، އަންގާރަ ދުވަހު އާންމުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކު އެކަން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ ސުންގަޑި، މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

Advertisement

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ދަނީ 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހުރިހާ ހައުސިން ޔުނިޓުތައް 2024ގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެ 4،000 ހައުސިން ޔުނިޓަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ތަންތަނެވެ. އޭގެ ތެރެއިން 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ކަމަށާއި، 2،000 ޔުނިޓު އަޅަނީ އިންޑިއާގެ އެންބީސީސީ ކުންފުނިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި ޖުމުލަ 32 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓުމަންޓެވެ.

އޭގެތެރޭގައި ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓު ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް