ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 09:43
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ރާއްޖެއެމްވީ
އެމްއެންޔޫއިން ކުރިއަށް ގެންދާ ކޯސްތައް
އެމްއެންޔޫގެ އޯގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ސެޓްފިކެޓް ލެވެލް ތިނަކުން ދަށުގެ ކޯސްތަކަށް މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ
ޑިޕްލޮމާއިން މަތީ ކޯސްތަކަށް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އޯގަސްޓް އިންޓޭކުގައި ކުރިއަށް ގެންދާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އާދިއްތަ ދުވަހެވެ.

އެމްއެންޔޫއިން ބުނީ ޑިޕްލޮމާއިން މަތީ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ސެޓްފިކެޓް ލެވެލް ތިނަކުން ދަށުގެ ކޯސްތަކަށް މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

މިއަހަރުގެ އޯގަސްޓް އިންޓޭކްގެ ކިޔެވުން ފެށޭނީ މިމަހުގެ 13 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ގާބިލް ލެކްޗަރާއިންނާއެކު ތަފާތު އެތައް ދާއިރާއަކުން ތައުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. އެގޮތުން ބިޒްނަސް މެނޭޖްމަންޓް، ތައުލީމީ، ސިއްހީ، އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އަދި މެރިޓައިމް ގެ ކޯސްތަކުގެ އިތުރުން، ޝަރީއާ އިން ލޯ، ނޫސްވެރިކަން އަދި ބަހުގެ އެކި ލެވަލްތަކުގައި ކޯސްތައް ކުރިއަށް ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް