ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 09:29
އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފޯމު ހަވާލުކުރައްވަނީ
އެމްއެންޕީގެ ކެންޑިޑޭޓް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފޯމު ހަވާލުކުރައްވަނީ
އެމްއެންޕީ
ރިޔާސީ އިންތިޚާބު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް އީސީން ބަލައިގެންފި
ގާނޫނުގައިވާ ގޮތުގެ މަތީން ނާޒިމް ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވޭ
ނާޒިމް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ އާދީއްތަ ދުވަހު

ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ނުކުންނަވާ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އާދީއްތަ ދުވަހުގެ ރޭ މިކަން ޓްވިޓަރ މެދުވެރިކޮށް ޔަގީންކޮށްދެއްވާފައެވެ.

Advertisement

ހަބީބު ވިދާޅުވީ 2023 ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ނާޒިމް ގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އީސީގެ ފަރާތުން، ބަލައި ޗެކްކޮށްފައިވާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތީން ނާޒިމް، ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން ކޮމިޝަނުން ގަބޫލު ކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އެމްއެންޕީގެ ނުކުންނަވާ ދަނގެތީ ދާއިރާގެ މެންބަރު ނާޒިމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. އެފޯމު އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރެއްވީ ކެންޑިޑޭޓް ނާޒިމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް