ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 08:28
އިންޑިއާގެ މަނިޕޫރްގައި ހިނގަމުންދާ ހަމަނުޖެހުންތައް
އިންޑިއާގެ މަނިޕޫރްގައި ހިނގަމުންދާ ހަމަނުޖެހުންތައް
މަނިޕޫރްގައި ހިނގަމުންދާ ހަމަނުޖެހުންތައް
އިންޑިއާގެ މަނިޕޫރްގައި ހިނގަމުންދާ ހަމަނުޖެހުމުގައި 3 މީހުން މަރުވެއްޖެ، ގެތަކުގައި ދަނީ ހުޅުޖަހަމުން
ހަމަލާދީފައި ވަނީ ޗުރަޗަންޕޫރްގެ ބައެއް ކަަމަށް މީޑިއާތަކުން ވަނީ ބުނެފައި
މަރުވި މީހުންގެ ތެރޭގައި ބައްޕަައަކާއި ދަރިފުޅު ހިމެނޭ

އިންޑިއާގެ މަނިޕޫރްގައި ހިނގަމުންދާ ހަމަނުޖެހުމުގައި 3 މީހުން މަރުވެއްޖެއެވެ.

މީޑީއާ ރިޕޯޓުތައް ބުނާގޮތުން ހަމަނުޖެހުންތައް ހިންގާ މީހުން ދަނީ އެ ސަރަހައްދުގެ ގެތަކުގައި ހުޅުޖަހައި ގެތައް އަންދަމުންނެވެ.

މަރުވި މީހުންގެ ތެރޭގައި ބައްޕަައަކާއި ދަރިފުޅު ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން އެއީ މެއިތީ ކޮމިއުނިޓީގެ ބައެކެވެ. އެ މީހުން މަރާލާފައި ވަނީ ނިދާފައި ވަނިކޮށް ބަޑިޖަހާ ކަމަށް ވެސް އިންޑިއާގެ މީޑީއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މަރުވި މީހުންނަށް ހަމަލަދީފައި ވަނީ ޗުރަޗަންޕޫރްގެ ބައެއް ކަަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ހަމަނުޖެހުންތައް ފެށިފައި ވަނީ މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު އިންޑިއާގެ މޭތީ ދަރިކޮޅުގެ މީހުންނަށް އިގްތިސާދީ މަންފާ އާއި ސަރުކާރު ވަޒީފާތަކުގެ ކޯޓާ އާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޑިއާގެ ކޯޓަކުން އަމުކުރުމާއި ގުޅިގެންނެވެ. އޭގެ ކުރިން އެ ކަންކަން މިހާތަނަށް ރިޒަރވްކޮށްފައި ހުރީ ކުކީ ދަރިކޮޅުގެ މީހުންނަށެވެ.

ނަސްލީ ޚިޔާލުތަފާތުވުންތައް މަނިޕޫރްގައި ބޮޑުވެފައިވާއިރު މި ހަމަނުޖެހުންތަކުގައި 125 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 40000 މީހުން ވަނީ އެ މީހުންގެ ގެތައް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް