Advertisement
ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 22:08
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒްވީ ވާހަކަ ދައްކަވަނީ
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒްވީ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ހޯރަފުށީ އެއަރޕޯޓް
ހޯރަފުށީ އެއަރޕޯޓްގައި މިހާތަނަށް 1500ށްވުރެން ގިނަ ފްލައިޓް އޮޕަރޭޓް ކުރެވިއްޖެ: ރިޒްވީ
މިހާތަނަށް ބައި ލައްކައަށްވުރެން ގިނަ މީހުން އެއަރޕޯޓުން ދަތުރުކުރި

ހއ. ހޯރަފުށީ އެއަރޕޯޓްގައި މިހާތަނަށް 1500ށްވުރެން ގިނަ ފްލައިޓް އޮޕަރޭޓް ކުރެވިއްޖެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒްވީ ވިދާޅުވީ މިހާތަނަށް ބައި ލައްކައަށްވުރެން ގިނަ މީހުން ދަތުރު ކުރި ކަމަށާއި 10 ޓަނުގެ ކާގޯ މިހާތަނަށް އުފުލާފައިވާ ކަމަށެވެ.

އެއަރޕޯޓްގެ ސަބަބުން އިޤްތިސާދީ ގޮތުން ކުރިއެރުންތައް ލިބި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވެގެންދާނެ ކަމަށާއި ފްލައިޓްތަކުގެ އަދަދު އިތުރުވެގެންދިޔުމުން ރަށުގައި ކުރިއަތް އޮތްތާނގައި ގެސްޓް އެނދުތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ރިޒްވީ އިތުރަށް ވިދާޅުވީ އުތުރުގައި ޓްރާންސްޝިޕްމަންޓް ޕޯޓް ޤާއިމުވެގެންދިޔުމުން ހޯރަފުށީ އެއަރޕޯޓް ހިމެނޭހެން މުޅި ސަރަހައްދަށް ކުރިއެރުން އަންނާނެ ކަމަށެވެ.

މުވައްޒަފުންނަށް ރަނގަޅު ފެންވަރުގެ ޓްރެއިނިންގ ދީ، ރައްޔިތުންނަށް ރަނގަޅު ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް