ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 23:29
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ މައްސަލަ
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ސިޔާސީ ޙަރަކާތްތަކުގައި ޤައިދީން ބައިވެރިވުން މަނާކޮށްފައިވާކަމަށް އީސީން ބުނޭ
އިތުރު ކެންޑިޑޭޓަކު ހުށައެޅުމަށް މިހާރުވެސް ޕީޕީއެމްއަށް ފުރުސަތު އެބައޮތް
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީން) ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އީސީން ވަނީ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާތީއެވެ. އެއީ 11 އަހަރުގެ ޖަލު ޙުކުމުގެ ސަބަބުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ ގެ (ޅ) ގައި ބުނާ ޝަރުތު ފުރިހަމަނުވާތީއެވެ.

އަދި ސާބިތު ދަރަންޏެއް އޮތްކަމާއި، ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ބުނެފައިވާ ސިޔާސީ ޙަރަކާތުގެ ވާހަކަވެސް ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތް ސަބަބުތަކުގެ ތެރޭގައި އީސީން ޕާޓީއަށް އަންގާފައިވެއެވެ.

މި މައްސަލައަށް ސުޕްރީމް ކޯޓުން ދައުލަތް ތަދައްހުލު ކުރުވާފައިވާއިރު، ޕީޕީއެމްއިންވެސް ވަނީ އަމިއްލައަށް އެދިގެން މައްސަލައަށް ތަދައްޚުލުވެފައެވެ.

މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ދެއްވިއެވެ. އެގޮތުގެ މަތިން 16:00 ހާއިރު އަޑުއެހުންތައް ފެށުމަށްފަހު، ހުސް ވަގުތު ނަގަމުން ކުރިއަށް ގެންދިޔަ އަޑުއެހުންތައް ނިންމާލާފައިވަނީ އެރޭ 23:25 ގައެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ އޮތީ އިސްތިއުނާފު މަރުޙަލާގައެވެ.

ސުޕްރީމް ކޯޓުގައި މި ކުރިއަށް ގެންދިޔަ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ، ދެން އޮންނާނީ ޙުކުމެވެ. މިއީ 7 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެކެވެ.

މި މައްސަލައިގެ ޝަރީއަތާ ގުޅޭގޮތުން ގުޅުންހުރި ޚަބަރުތައް:

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް