ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 07:36
ހުޅުމީދޫ މިފްކޯ ބަނދަރު
ހުޅުމީދޫ މިފްކޯ ބަނދަރު
އެމްޓީސީސީ
ހުޅުމީދޫ މިފްކޯ ބަނދަރު
ހުޅުމީދޫ މިފްކޯ ބަނދަރުގެ އެއްގަމުތޮށިލައި ނިންމައިފި
ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 83 ޕަސެންޓް ވަނީ ނިމިފައި

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 60 މީޓަރުގެ ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތާއި، 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ބޮލާރޑް އަދި ވީ-ފެންޑަރ ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިމަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 30 އޮކްޓޯބަރު 2019ގައެވެ. މިއީ ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެ ކުންފުންޏާ ހަވާލު ކުރި މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް