ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 18:16
4000 ފުލެޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
4000 ފުލެޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޑެޓް
ސޯޝަލް ހައުސިންގ ޔުނިޓް
މާލެ ސަރަހައްދުގައި އިތުރު 4000 ފުލެޓް އިމާރާތްކުރަނީ
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެން

ގްރޭޓާ މާލެ ސަރަހައްދުގައި 4000 ސޯޝަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ކަލްޕަޓަރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)ން ސޮއިކޮށްފިއެވެ.

އީޕީސީގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ބުދަ ދުވަހު އެފްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ހުޅުމާލޭގައި 2000 ސޯޝަލް ހައުސިން ޔުނިޓް އަޅާއިރު އޭގެ ތެރޭގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް އެވެ. މި މަޝްރޫއުގެ މި މަރުހަލާގެ ޖުމްލަ އަގަކީ 165 މިލިއަން ޑޮލަރެވެ. މި މަރުހަލާ ފެށޭ ތާރީޚުން ފެށިގެން 37 (ތިރީސް ހަތް) މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އީޕީސީގެ ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. ކޭޕީއައިއެލްގެ ފަރާތުން ސޮއިކުރެއްވީ ސަރްވާޖިތު ސިންގްއެވެ.

ހުޅުމާލޭގައި ކޭޕީއައިއެލް އިން މިހާރުވެސް ދަނީ 2000 ސޯޝަލް ހައުސިން ޔުނިޓް ތަރައްގީ ކުރަމުންނެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް