Advertisement
ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 15:40
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު
ކުރިއަށް އޮތް ބަންދުތެރޭގައި ވެސް ސުޕްރީމް ކޯޓުން ޚިދުމަތް ދޭނެ
މި މަހުގެ 26ން ފެށިގެން ސަރުކާރު ބަންދުވާނެ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް

ކުރިއަށް އޮތް ބަންދުތެރޭގައި ވެސް ސުޕްރީމް ކޯޓުން ޚިދުމަތް ދޭނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

މިނިވަން ދުވަހާ ގުޅިގެން, މި މަހުގެ 26ން ފެށިގެން ސަރުކާރު ބަންދުވާނެއެވެ. ނަމަވެސް އެ ދުވަސްތަކުގައި ވަކި ވަގުތުތަކެއްގައި ޚިދުމަތް ލިބޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

Advertisement

އެ ކޯޓުން އަންގާރަ ދުވަހު ބުނިގޮތުގައި 26، 27 އަދި 29 ވަނަ ދުވަހުގެ ހެނދުނު 9:00ން 10:00ށް، އަދި މެންދުރުފަހު 1:00ން 2:00ށް ކޯޓުގެ ރަޖިސްޓްރީ ހުޅުވާލާނެއެވެ. އަދި 28ވާ ހުކުރު ދުވަހު ރަޖިސްޓްރީ ހުޅުވުމަށް ހަމަޖެހިފައިވަނީ މެންދުރު 2:30ން 3:30ށެވެ. އެހެންކަމުން މި ވަގުތުތަކުގައި ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހެޅޭނެއެވެ.

ބަންދުތެރޭގައި ސުޕްރީމް ކޯޓުން ޚިދުމަތް ދޭން ނިންމާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހެނީ އެ ކޯޓަށެވެ. އެހެންކަމުން ބަންދުތެރޭގައި ކޯޓުން ޚިދުމަތް ދޭން ނިންމާފައިވަނީ މި މައްސަލަތައް ހުށަހަޅެމުގެ ފުރުސަތު ދިނުމަށް ކަމަށް ބެލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް