Advertisement
ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 15:23
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ
ޔާމީންގެ އިންތިޚާބީ ހައްގުތައް ކަށަވަރުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި
މައްސަލަ ބަލައިނުގަތުމަށް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައި
މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ ހައްގުތަށް ގެއްލިފައިވާކަމަށް ބުނެފައިވޭ
ޕާޓީއެއްގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވޭ

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ޖަލުގައި ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތްޕުޅުންު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ ހުށަހަޅާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލަ ބަލައިނުގަތުމަށް އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.

Advertisement

ޔާމީންގެ އިންތިޚާބީ ހައްގުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދިއިރު އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމުގެ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމް އިން އަންނަނީ ކުރަމުންނެވެ.

އެހެންނަމަވެސް ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) ން އަންނަ މަހުގެ ހަތަކާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައިވާއިރު ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ އެކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް