ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 07:08
އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 26ށް އަރައިފި
އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 26ށް އަރައިފި
އިންޑިއާއަށް ކުރަމުންދާ ވިއްސާރަ
އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 26ށް އަރައިފި
މި ހާދިސާގެ ސަބަބުން ގެއްލުން ލިބުމުގެ ފުރުސަތު އޮތް 80 މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފައި
މި ހާދިސާ އާއި ގުޅިގެން 225 އަށް ވުރެ ގިނަ މީހުން ވަންނާނެ ގެދޮރެއް ނެތި ހާލުގައި ޖެހޭނެ ކަަމަށް ބެލެވޭ

އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާގެ މަހަރާޝްތްރަގައި ހިނގި މި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ޑިޒާސްޓަރ ރިލީފް އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ބުނީ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން، ކިސަޑުގެ ފަށަލަތައް ދަށުވެފައި އަދިވެސް މީހުން ތިބިކަމަށް ބެލެވޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ހިނގި މިހާދިސާގައި ކިސަޑުގެ ދަށުވި މީހުން ސަލާމަތްވުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިދާރާތަކުން ދަނީ ކުރަމުންނެވެ.

މުމްބާއި އާއި 60 މިލޯމީޓަރު ނުވަތަ 37 މޭލު ދުރުން، ހެމްލެޓް ފަރުބަދަ ހުންނަ އިރުޝަލްވާދީ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެތައް ގެއެއް ވަނީ ސުންނާފަތިވެފައެވެ.

މި ހާދިސާއާއި ގުޅިގެން 225 އަށް ވުރެ ގިނަ މީހުން ވަންނާނެ ގެދޮރެއް ނެތި ހާލުގައި ޖެހޭނެ ކަަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް