Advertisement
ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 15:14
އެމްއެންސްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، ޝަކީބާ އަލީ
އެމްއެންސްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، ޝަކީބާ އަލީ
މަސައްކަތްތެރިކަމަށް ދިވެހިން ނުކުތުން
ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމުން އަޚުލާގު ދަށްވާ ކަމަށް ދުށުމަކީ ކޮށި ވިސްނުމެއް، އެކަން ގޮންޖެހުމަކަށްވޭ - ޝަކީބާ
އެކަން ބަދަލުކުރެވޭނީ ގޭތެރެއިން އެއީ ފެށިގެން ކުރާ މަސައްކަތެއް ކަަމަށް ދެކިގެން، ރަނގަޅު ތަރުބިއްޔަތެއް ދެވިގެން ކަމަށް ވިދާޅުވި
ވަކި މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށް ގަބޫލުކުރުމަކީ އަމިއްލަ ކަންކަން އަމިއްލައަށް ނުކުރެވުމުގެ އާދަ އަށަގަންނަ، ނޭދެވޭ އާދަތައް ހަރުލާ ކަމެއް

ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމުން އަޚުލާގު ދަށްވާ ކަމަށް ދުށުމަކީ ކޮށި ވިސްނުމެއް ކަމަށާއި، އެކަން ގޮންޖެހުމަކަށް ވާކަމަށް، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

އެމްއެންއެސްޑީއޭގެ މަސައްކަތްތަކާމެދު އޭނާ ވިދާޅުވީ މަސައްކަތްތެރިކަމުގެ ދާއިރާއިން, އެކި ދާއިރާތަކާމެދު ދެކޭ ގޮތަށް ބަލާއިރު އަންހެން ކުދިން ކުރަން ޖެހެނީ ވަކިކަހަލަ މަސައްކަތްތަކެއް ކަމަށް ގަބޫލުކުރެވިފައި ވާކަމަށެވެ. އަދި އަންހެނަކަށް ވީތީ ނުވަތަ ފިރިހެނަކަށް ވީތީ ނުކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ ކަމަށް ގަބޫލުކުރާ ގަބޫލުކުރުންތައް ދޫކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިސޯޓަށް ދިއުމަކީ ކުދިންގެ އަޚުލާގު ރަނގަޅުވާ ކަމެއް ކަމަށް ވަރަށް ގިނަ ފަހަރު ހީވެފައި އޮތް ނަމަވެސް، ކޮންމެ ދާއިރާއަކީވެސް އެ ދާއިރާގައި އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ރަށްރަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެފަދަ ވިސްނުންތައް ބަދަލުކޮށްގެން ނޫނީ ސިނާއަތުތައް ކުރި ނާރާނެ ކަމަށް ވިދާޅުވިއެވެ. ދިވެހިންގެ ހުނަރު ތަރައްގީކުރުމަށްޓަކައި ކަންނެތްކަން ދޫކޮށް، އިސްނަގަން ދަސްކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަކި މަސައްކަތެއް ނުކުރުމަށް، ނުވަތަ ވަކި މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށް ގަބޫލުކުރުމަކީ އަމިއްލަ ކަންކަން އަމިއްލައަށް ނުކުރެވުމުގެ އާދަ އަށަގަންނަ، ނޭދެވޭ އާދަތައް ހަރުލާ ކަމެއް ކަމަށް ޝަކީބާ ވިދާޅުވިއެވެ. މިސާލަކަށް ކުނި ކޮތަޅު އުކާލުން ފަދަ ކަންކަމަކީ ކުރަން ހަޑި ކަންކަމަށް ގަބޫލުކުރުމުގެ ނަތީޖާއަކީ، ގޭތެރޭގެ މަސައްކަތްތައް ކުރުމަށްވެސް ބިދޭސީން ގެންގުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކުގައި ދިވެހިން މަދުވެ އެއްކޮށްހެން އެ ސިނާއަތުތަކުން ދިވެހިން ނެތިގެން ހިނގައިދާނެ ކަމަށާއި، އެއީ ނުރައްކާތެރިކަމެއް ކަަމަށް ޝަކީބާ ވިދާޅުވިއެވެ. ޝަކީބާ ވަނީ އެކަން ބަދަލުކުރެވޭނީ ގޭތެރެއިން އެއީ ފެށިގެން ކުރާ މަސައްކަތެއް ކަަމަށް ދެކިގެން، ރަނގަޅު ތަރުބިއްޔަތެއް ދެވިގެން ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
18 ޖުލައި 2023 | އަންގާރަ 15:27
މުހައްމަދު
ވަރަށް ރަގަޅު ވާހަކައެއް. އެންމެން ގަބޫލުކުރަންޖެހޭ.