Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 07:13
އެމްއެންއެސްޑީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީ
އެމްއެންއެސްޑީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީ
ޒުވާނުންގެ ހުނަރުގެ ދުވަސް
ޒުވާނުންގެ ހުނަރުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ސްކިލްސް ޝޯއެއް ބާއްވަނީ
ރާއްޖޭގައި ޒުވާނުންގެ ހުނަރުގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ މި އަހަރު މުޅިން އަލަށް
ދުނިޔޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ހުނަރުގެ ދުވަހެއް ފާހަގަކުރީ 2017 ވަނަ އަހަރު
މި ސްކިލްސް ޝޯ އަށް ދާ މީހުންނަށް އެ މަސައްކަތްތަކުގެ ތަޖުރިބާ ވެސް ލިބޭ ގޮތަށް

ޒުވާނުންގެ ހުނަރުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ސްކިލްސް ޝޯއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ބުނެފިއެވެ.

އެމްއެންއެސްޑީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީ ވިދާޅުވީ ރާއްޖޭގައި ޒުވާނުންގެ ހުނަރުގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ މި އަހަރު މުޅިން އަލަށް ކަމަށެވެ. އޭނާ ވިދާޅުވީ މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު އާއި ކެބިނެޓްގެ އިސްނެންގެވުމާ އެކުގައި ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ކަމުން އެނގިގެން ދަނީ ޒުވާނުންގެ ހުނަރު ބިނާކުރުމަށް މި ސަރުކާރުން ދޭ އިސްކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

މި އަހަރު ޒުވާނުންގެ ހުނަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ދާއިރާގައި ފާހަގަކޮށްލެވޭ މީހުންގެ ބައިވެރިވުމާއެކު ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލް ކުދިންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ޒުވާނުންނަށް ބުނެދިނުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީއާ ގުޅިގެން އަމަލީ ގޮތުން މަސައްކަތް ކުރާ މިންވަރު ދައްކާލެވޭ ގޮތަށް ސްކިލް ޝޯ އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޝޯ ބާއްވަން ހަމަޖެހިފައި ވަނީ ސްކިލްސް ޝޯ އަށް ދާ މީހުންނަށް އެ މަސައްކަތްތަކުގެ ތަޖުރިބާ ވެސް ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ހުނަރުގެ ދުވަހެއް ފާހަގަކުރީ 2017 ވަނަ އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް