ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 14:40
ސޯނިއާ ޢާބިދީގެ ދަނޑުތައް
ސޯނިއާ ޢާބިދީގެ ދަނޑުތައް
ރޮއިޓާސް
ގަސްތައް
ގަސްތައް މިލާމޯޅިވިއަސް، ސޯނިއާގެ ޢަޒުމުގައި ވަނީ ދިރުމާއި އާރޯކަން
ކުރިން މިތަން އޮންނާނީ އެކި ކުލަކުލައިގެ ފިނިފެންމާތަކުން ފުރިފަ
މުޅި ބިންގަނޑު މިއޮތީ ރީނދޫވެފަ
ވަރަށް ދެރަ. ހުރިހާ ގަސްތަކެއް މަރުވެއްޖެ

އެ ހަތިޔާރެއްގެ ނުރައްކާ މިއަދު ދުނިޔެއަށް އެންމެ ބޮޑު ވެފައިވާ އެއް ހަތިޔާރަކީ ދެމިޔަލީ ކަނޑިއެއް ފަދަ މޫސުމީ ނޭދެވޭ ބަދަލުތަކެވެ. އެއްބައި ސަރަޙައްދުތަކަށް އާދަޔާ ޚިލާފު ގަދައަށް ވިއްސާރަ ކުރާއިރު، އަނެއް ބައި ސަރަހައްދުތައް ހަނަފަސް ސަހަރާތަކަށް ވަނީއެވެ. ދިރުންތައް ނެތިގޮސް، ޢުއްމީދުތައް ވިއްސިވިހާލިވެގެން ދަނީ ގަދަ އަވީގައި މިލާ މޯޅިވާ ދަނޑުބިންތަކާއެކީއެވެ.

ސޯނިއާ ޢާބިދީ އަކީ ތޫނިސްގައި ދަނޑުވެރިކަން ކުރަމުން އަންނަ މީހެކެވެ. މިއަދު އޭނާ ހިނގަމުން އެނދަނީ ގަދަ ހޫނާއެކު އަނދާ ހުލިވެފައި ވާ މާގަސްތަކުގެ ތެރެއިންނެވެ. ތޫނިސްއަކީ މިއަދު އާދަޔާ ޚިލާފު ގަދަ ހޫނާ ކުރިމަތިލާން ޖެހިފައި އޮތް ޤައުމެކެވެ. އެކަމުގެ އަސަރު، ތޫނިސްގެ ހުޅަނގު އުތުރު އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ތަބަރުކާގައި  ސޯނިއާ ބަލަހައްޓަމުންދާ 2 ހެކްޓަރުގެ ދަނޑަށް ބަލާލުމުން ސާފުކޮށް ފެނެއެވެ.

ސޯނިއާ ކިޔައިދިން ގޮތުގައި މިދުވަސްވަރު ކުރިމަތިލާން ޖެހިފައިވާ އިންތިހާ ގަދަ ހޫނުގެ ސަބަބުން، އޭނާގެ ދަނޑުބިންތަކުގެ އުފެއްދުންތެރިކަމުގެ 2 ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައެއް ވަނީ ނެތި ގޮސްފައެވެ.

ކަލޭމެން ދުށިންތަ މިތަން؟ ކުރިން މިތަން އޮންނާނީ އެކި ކުލަކުލައިގެ ފިނިފެންމާތަކުން ފުރިފަ. އެކަމަކު، މިއަދު ކުރިމަތިވެފަ މިއޮތް ގަދަ ހޫނާ ހެދި، ވަކިން ޚާއްސަކޮށް ޖުލައި މަހުގެ ހޫނު ގަދަ... އެއާ އެކީ، މުޅި ބިންގަނޑު މިއޮތީ ރީނދޫވެފަ. އެއްވެސް ކުލައެއް ދިރުމެއް ނެތް. ވަރަށް ދެރަ. ހުރިހާ ގަސްތަކެއް މަރުވެއްޖެ... ނިކަން ބަލާބަލަ ގަދަ ހޫނާ ހެދި މާތަކަށް ވެފަ ހުރި ގޮތް. މީ އަދި ހަމަ އާ ގަހެއް. މިއަދަކީ، އަހަރެން މި މާ ބިންނަން އޮތް ދުވަސް. މީވެސް ގެއްލުމެއް
ސޯނިއާ ޢާބިދީ؛ ތޫނިސްގެ ދަނޑުވެރިއެއް

ނޫސްވެރިކަމުގެ ހަލަބޮލި ދުނިޔޭގެ މަސައްކަތުން އަތް ދޫކޮށްލުމަށްފަހު، ދަނޑުވެރިކަމުގެ ތެރެއަށް ސޯނިއާ ވަނީ ފިނިފެންމަލާއި އެނޫންވެސް އެކި ބާވަތްބާވަތުގެ މާމެލާ މެއްޔާއި ޤުދުރަތީ ދިރުންތަކަށް އޭނާގެ ހިތުގައި ދެވިފައި އޮންނަ ޚާއްޞަ މަޤާމެއްގެ ސަބަބުންނެވެ. ޚާއްސަ ލޯތްބެއްގެ ސަބަބުންނެވެ. ނޫސްވެރިކަމުގެ ދޫކޮށް، ދަނޑުވެރިކަމުގެ ދާއިރާއިން އަމިއްލަ މަޝްރޫޢެއް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މަޤްޞަދަކީ ކާބޯތަކެތި ތައްޔާރު ކުރުމަށާއި، ބޭސްވެރިކަމަށް ބޭނުން ކުރާނެ އެކި ކަހަލަ މާމެލާމެލި ހެއްދުމެވެ.

މާމެލާމެއްޔާއި، އޭގެ ކުލަތަކާއި އެއިން ލިއްބައިދޭ އުފަލަށް އަހަރެން ލޯބިކުރަން. ދިރާސާ ކުރި ކުރުމުގެ ތެރޭގަ އަހަންނަށް އެނގުނީ، ކެއިންބުއިމުގަ ބޭނުން ކުރަން ޚާއްޞަ މާމެލާމެލި ހުންނަކަން. އެ މާމެލާމެއްޔަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކެއް އެކުލެވޭ އެއްޗެއްކަން. މާމެލާމެލި ހެއްދުމުގެ ތެރެއަށް ވަންނަން ޚިޔާލު އައީ އެކަމުގެ ތެރެއިން. އަދި ކޮބާ، ތޫނިސްގަ މި ކަހަލަ ކަމެއް ނުވެސް ކުރޭވިއްޔާ
ސޯނިއާ ޢާބިދީ؛ ތޫނިސްގެ ދަނޑުވެރިއެއް

ބޮޑެތި ރެސްޓޯރަންޓްތަކާއި ހޮޓާތަކުގައި ވަރުގަދަ ކޭންތައް ތައްޔާރު ކުރުމަށާއި، އެކި ކަހަލަ ޖޫސްތަކާއި ފޮނިކާތަކެތި ތައްޔާރު ކުރުމަށްޓަކާ، ސޯނިއާގެ ދަނޑުބިމުން މާމެލާމެލި ގެންދެއެވެ.

ތޫނިސްގެ މޫސުމާ ބެހޭ އިދާރާއިން ޚަބަރު ދޭ ގޮތުގައި އެ ޤައުމަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ އާދަޔާ ޚިލާފު ގަދަ ހޫނަކީ މާޒީ ދެކުނު ފަދަ ކަމެއް ނޫނެވެ.

މި ހުރިހާ ގޮންޖެހުންތަކަކާއެކުވެސް ސޯނިއާ ދަނީ އޭނާގެ ވިޔަފާރި ނަގަހައްޓާ، ފުޅާ ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. އޭނާގެ ދަނޑުބިންތަކުން ނެރޭ އުފެއްދުންތަކުގެ އަގު ހިފެހެއްޓުމަކީ ސޯނިއާގެ ޢަޒުމެކެވެ.

- ކޮމެންޓް